ރާއްޖޭގައި ވެސް ޝޯތަކެއް ދީފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ބޭންޑް، "ސަނަމް" ގެ ލީޑް ވޯކަލިސްޓް ސަނަމް ޕޫރީ ކައިވެނި ކޮށްފިއެވެ.
ސަނަމް އާއި ލޯބިވެރިޔާ ޒިކޮބޭނީ ޓަންގޯގެ ކައިވެނީގެ ހަފުލާ އޮތީ އިންޑިއާގެ ނަގަލަންދުގައިއެވެ. ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ޕަންޖާބީންގެ ސަގާފަތާއި އާދަތަކާ އެއްގޮތަށްށެވެ.
ސަނަމްގެ ކައިވެނީގެ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑީއާގައި ވައިރަލްވެފައިއެއްވެ. ނަމަވެސް އެދެމީހުން ކުރެ އެކަކުގެ ސޯޝަލް މީޑިއާގައި ވެސް މި ކައިވެނީގެ ފޮޓޯއެއް އަދި ހިއްސާ ކޮށްފައިއެއް ނުވެއެވެ.
ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ވެސް ލަވަކިޔާފައިވާ ސަނަމް ރާއްޖޭގައި ޝޯތައް ދިނީ 2015 ގަ އެވެ. އެގޮތުން މާލެ އާއި އައްޑޫގައި "ސަނަމް" ޝޯތަކެއް ދިނެވެ. އަދި ބޭންޑްގެ ލަވަތަކެއްގެ މަންޒަރުތައް އައްޑޫގައި ޝޫޓް ވެސް ކުރި އެވެ. އެގޮތުން ރާއްޖޭގެ ލަވަކިޔުންތެރިޔާ މީރާ މާޖިދާ އެކީ ވެސް ސަނަމް ކެނަރީފް ރިސޯޓްގައި ލަވައެއް ޝޫޓްކުރި އެވެ.
ކޮމެންޓު ފޮނުވާ