ބޯކޮށް ވާރޭވެހި އަނެއްކާވެސް، އަލަށްހެދި އަމީނީ މަގުގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި އަނެއްކާވެސް، އަލަށްހެދި އަމީނީ މަގުގައި ފެންބޮޑުވެއްޖެ

މާލެއަށް މިއަދު ހެނދުނުއްސުރެ ވެހުނު ވާރެއާއެކު އަނެއްކާވެސް އަލަށް ހެދި އަމީނީ މަގުގައި ފެންބޮޑު ވެއްޖެއެވެ.

މީގެ ހަފްތާއެއް ކުރިންވެސް މާލޭއަސް ބޯކަށް ވާރޭވެހި މުޅި މާލޭގައި ފެންބޮޑު ވެފައިވަނިކޮށް މިއަދު ހެނދުނުއްސުރެ މާލެއަށް ވެހުނު ބޯ ވާރެއާއެކު ދުއްވާ އެއްޗިއްސަށް އުދަގޫވާވަރަށް އަމީނީ މަގުގައި ވަނީ ފެން ބޮޑުވެފައެވެ.

އަމީނީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، ބޮޑު ޚަރަދެއް ކޮށްގެން އެމަގު ހަދަން ފަށާފައިވަނީ ކުރީ ސަރުކާރުންނެވެ. އެގޮތުން މުޅި އަމީނީ މަގުގައި މިހާރުވަނީ ތާރު އަޅާފައެވެ. އެހެންނަމަވެސް އަމީނީ މަގުގައި ތާރު އެޅިފަހުން އެމަގުވެސް ހިމެނޭ ގޮތުން މާލޭގެ އެހެން މަގުތަކުގައިވެސް ފެންބޮޑުވުމުގެ މައްސަލަ ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ މާލޭގެ އެހެން މަގުތަކުގައި ކުރިއަށްވުރެ ބޮޑަށް ފެންބޮޑުވަމުންދަނީ އަމީނީ މަގު ހަދާފައިވާ ގޮތުގެ ސަބަބުން ކަމުގައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ. މި މަސައްކަތް ރައީސް ސާލިހުގެ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކުންފުންޏާ ޙަވާލުކުރެއްވީ 84.4 މިލިޔަން ރުފިޔާއަށެވެ.

މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންވެސް މިއަދު ދަނީ ކުރިޔަށް ގެންދަމުންނެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *