މަޖިލިސް އިންތިހާބު ރޯދަމަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް އީސީން ނިންމައިފި

މަޖިލިސް އިންތިހާބު ރޯދަމަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް އީސީން ނިންމައިފި

Author
ހުސެއިން
10 ޖެނުއަރީ 2024 03:17
0

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑަނޭޅި ލަސްވެފައިވަނީ މިއަހަރުގެ ރޯދަމަހާއި ދިމާވާތީ އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމުންނެވެ.

އެގޮތުން އީސީން ނެރުނު ބަޔާނުގައި ވަނީ މިއަހަރު ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު، 1445 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާވާތީއާއި ރަމްޟާން މަހުގެ ފަހުގެ ތާރީހެއްގައި ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމާއި، ތައުލީމާ ބެހޭ ވުޒާރާއިން އިސްލާހުކޮށް އާންމު ކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު، ފެށޭ ހަފްތާއަކީ ސްކޫލްތަކުގެ އިމްތިހާނު ދުވަސްތަކަށްވާތީ، ސްކޫލްތައް ލިބުން ދަތިވެ ވޯޓުލާ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި ކޮމިޝަނުން އެކަށީގެންވާ ތަންތަން ނުލިބޭނެ ކަމަށް ލަފާ ވާތީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހު އެ އިންތިޚާބު ބޭއްވުމަށް ނިންމީ ކަމުގައެވެ.

އެގޮތުން ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މި ސަރުކާރުން ކަނޑައަޅުއްވާފައިވާތީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެ ބެލެވުމަކީވެސް ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އިންތިޚާބު ބޭއްވުމަށް ނިންމި ސަބަބެއްގެ ގޮތުގައި އީސީން ފާހަގަ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.