ސަލްމާންގެ ފާމްސްހައުސް ވަގަށް ބަޔަކު ވަދެފި

ސަލްމާންގެ ފާމްސްހައުސް ވަގަށް ބަޔަކު ވަދެފި

Author
ފާތިމަތު ނާވީ
10 ޖެނުއަރީ 2024 04:54
0

ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން ގެ ފާމް ހައުސްއަށް ވަގަށް ބަޔަކު  ވަން މައްސަލައަކާ ގުޅިގެން އެތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.

މި ފާމް ހައުސް އަކީ ސަލްމާން ވަރަށް ގިނައިން ގޮސް އުޅޭ ފާމް ހައުސް އެކެވެ. އޭނާ ގެ އާއިލާ އާއި އެކުގައި ވެސް މިތަނުގައި ވަގުތު ހޭދަކުރުމަށް ގޮސްއުޅެއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

މީޑިއާތަކުން ބުނީ ޕޭންވެލްގެ މި ފާސްހައުސްގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެތަނުގެ ފެންސް މަތިން ފުންމާލައި ބަޔަކު ފާމްހައުސްގެ ތެރެއަށް ވަން މައްސަލައިގައި ކަމަށެވެ. އަދި މި މައްސަލައިގައި 2 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މީޑިއާއިން އަންނީ ބުނަމުންނެވެ.

މީޑިއާތަކުން ބުނީ ހައްޔަރުކުރީ ޕަންޖާބަށް ނިސްބަތްވާ 23 އަހަރުގެ ދެ ޒުވާނުން ކަމަށެވެ. އެއީ އަޖޭޝް ކުމާރު ގިލާ އާއި ގުރްސެވަކް ސިންގް ސިކް ކިޔާ މީހެކެވެ. މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ފާމް ހައުސް އަށް ބަޔަކު ވަގަށް ވަތް އިރުގައި،  މި ފަހަކަށް އައިސް ސަލްމާން ތާކުރާރުކޮށް މަރުގެ އިންޒާރު ލިބެމުންދާތީ އޭނަގެ ސެކިއުރިޓީ މުމްބާއީގެ ފުލުހުން ވަރުގަދަކޮށްފައިވެ އެވެ. ތަކުރާރުކޮށް މަރުގެ އިންޒާރު ލިބެމުން އަންނާތީ އޭނާ މިހާރު އުޅެނީ ސިކިއުރިޓީގެ ބޮޑު ފައުޖަކާއި އެކުގައިއެވެ.

އަދި އަމިއްލަ ހަށިރައްކަލަށް ސަލްމާނަށް ފިސްތޯލެއް ގެންގުޅުމުގެ ހުއްދަ ވެސް މިދިޔަ އަހަރު ދީފައިވާ އިރު، ބްލެޓް ޕްރޫޕް ކާރެއް ވެސް ގަނެފައިވެ އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.