ސޮނާކްޝީ ރަތްކަނޑަށް ފުއްމައިލައިފި

ސޮނާކްޝީ ރަތްކަނޑަށް ފުއްމައިލައިފި

Author
ފާތިމަތު ނާވީ
10 ޖެނުއަރީ 2024 11:06
0

ގުދުރަތީ ރީތިކަމަށް ހާއްސަކޮން މޫދަށް ހާއްސަ ލޯތްބެއް ހުންނަ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ރަތް ކަނޑަށް ޑައިވް ކޮށްފިއެވެ.

އާ އަހަރާ ދިމާކޮށް އޭނާ މިސްރަށް ކުރި ދަތުރުގައި ރަތް ކަނޑަށް ކުރި ޑައިވަކީ ވަރަށް ހިތްގައިމު ތަޖުރިބާއެއް ކަމަށް ވަނީ ބުނެފައިއެވެ. ރަތް ކަނޑުގައި ޑައިވް ކޮށް އޭނާ ވަނީ ވީޑީއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

މީގެ ކުރިން ރާއްޖެ އައިސްވެސް ސޮނާކްޝީ ވަނީ ޑައިވް ކޮށްފައިއެވެ. އަދި އޭނާ އަކީ ރާއްޖެ އަށް ވަރަށް ގިނައިން އަންނަ ބަތަލާއެކެވެ. މިދިއަ އަހަރުވެސް އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ.

2010 ވަނަ އަހަރު "ދަބަގް އިން ބޮލީވުޑްއަށް ތައާރަފްވި ބަތަލާގެ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2022 ވަނަ އަހަރުގެ ފިލްމް "ޑަބަލް އެކްސްއެލް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.