ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ދެން ފެނިގެންދާނީ ވިލަން އެއްގެ ގޮތުގައި ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.
މީޑިއާތަކުން ބުނީ މިއީ "ޑެޑްލީ" ގެ ނަމުގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ ރާޖް މެހެތާ ކަމަށެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ދަރްމާއިން މިއަހަރު ގިނަ ފިލްމަތަކެއް ގެނެސްދިނުމަށް އަމާޒު ހިފައިފައިވާ ކަމެވެ.
އަނެއްކޮޅުން ރާޖް މެހެތާ އަކީ ދަރްމާއަށް ގިނަ ފިލްމްތަކެއް ޑައިރެކްޓް ކޮށްދޭ ޑައިރެކްޓަރެކެވެ. އަދި ވަރުން އާއި އެކުގައި އޭނާ ވަނީ ފިލްމްއެއްގައި މަސައްކަތް ކޮށްފައިއެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި ވަރުންގެ "ޖުގް ޖުގް ޖިއޯ" ގެ އިތުރުން ދަރުމާގެ "ސެލްފީ" އާއި "ގުޑް ނިއުސް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
މީޑިއާތަކުން ބުނީ "ޑެޑްލީ" ގެ ލީޑް ތަރިންނަކީ ޓައިގާ ޝްރޮފާއި ވަރޫން ޖާންވީ ކަޕޫރް ކަމަށެވެ. މި ދެ ތަރިން އަދި މިހާތަނަށް އެކީގައި ފިލްމެއްގެ މަސައްކަތްކޮށްފައެއް ނުވެ އެވެ. އެކަމަކު މިދިޔަ އަހަރު ޖާންވީ އާއި ވަރޫން އެކީގައި "ބަވާލް" އިން ފެނިގެން ގޮސްފައިވެ އެވެ.
ކޮމެންޓު ފޮނުވާ