ދަރިއަކު ހޯދަން ޕްލޭން އެބަ ކުރަން: ދީޕިކާ

ދަރިއަކު ހޯދަން ޕްލޭން އެބަ ކުރަން: ދީޕިކާ

Author
ފާތިމަތު ނާވީ
06 ޖެނުއަރީ 2024 10:45
0

ކުޑަކުދިން ދެކެ ދެމަފިރިންވެސް ވަރަށް ލޯބިވާ ކަމަށާއި ދަރިން ހޯދުމަށް ޕްލޭން ކުރެވެމުން އަންނަ ކަމަށް ބަތަލާ ދީޕިކާ ޕަދުކޯން ބުނެފިއެވެ.

މި މަހުގެ 25 ގައި ރިލީޒްކުރާ "ފައިޓާ" ގެ ބަތަލާ "ވޯގް ސިންގަޕޯ" އަށް ދިން އިންޓަވިއުއެއްގައި ބުނީ ދަރިއަކު ހޯދަން ބޭނުން ވާކަމަށެވެ. އަދި އެކަމަށް ތައްޔާރު ވެވުމުން ދަރިއަކު ހޯދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އިތުރަށް ދީޕިކާ ބުނީ ރަންވީރު ސިންގ އަދި އޭނާ އަކީ ވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ބައެއް ކަމަށެވެ. އަދި އާއިލާ ރޭވުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

ދީޕިކާ، 37، އާއި ރަންވީރު، 38، ކައިވެނިކުރީ 2018 ގަ އެވެ. އެ މީހުންގެ ކައިވެންޏަށް މިހާރު ފަސް އަހަރުވެފައިވާ އިރު ދަރިން ހޯދުމާއި ބެހޭގޮތުން އެމީހުންނާއި އަބަދުވެސް ސުވާލު ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.