އާމިރުގެ އަންހެން ދަރިފުޅު ކައިވެނިކޮށްފި

އާމިރުގެ އަންހެން ދަރިފުޅު ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
05 ޖެނުއަރީ 2024 08:11
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ހާންގެ އަންހެން ދަރިފުޅު އިރާ ހާން ކައިވެނި ކޮށްފިއެވެ.

ވަރަށް ކުލަގަދަކޮށް މި ކައިވެނި ބާއްވާފައިވާ އިރުގައި މި ކައިވެނި ކުރެވިގެން ދިއައީ އިއްޔެގެ ވަގުތެއްގައިއެވެ. އުމުރުން މިހާރު 25 އަހަރުގެ އިރާ ކައިވެނިކުރީ ފިޓްނެސް ޓްރެއިނަރެއް ކަމަށްވާ ނުޕޫރް ޝިކާރޭއާ އެވެ.

އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައިއެވެ. އެމީހުން އުޅެމުން ވެސް އަންނަނީ ލިވިން ރިލޭޝަންޝީޕްއެއަގައިއެވެ. ތިއޭޓަ ޕްލޭ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އިރާ އާއި ނުޕޫރް އެންގޭޖްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެ ދެ މީހުން ކައިވެނިކުރީ މުމްބާއީގެ ތާޖު ލޭންޑްސް އެންޑްސްގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ. މި ހަފްލާގައި ގިނަދަދެއްގެ ތަރިންގެ އިތުރުން އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީވެސް ވަނީ ބައިވެރިވެފައިއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

އިރާ އަކީ އާމިރުގެ ތިން ކުދިންގެ ތެރެއިން ހަމަ އެކަނި އަންހެން ކުއްޖާއެވެ. ދެން ހުންނަނީ ޖުނައިދު ހާންއެވެ. އެއީ އާމިރު އާއި ރީނާ ދައްތާގެ ކައިވެންޏަށް ލިބިފައިވާ ދެކުދިންނެވެ. އެންމެ ހަގައް ހުންނަނީ އަޒާދްއެވެ. އެއީ އާމިރު އާއި ކިރަން ރާއޯގެ ދަރިއެކެވެ. އާމިރުގެ ދެކައިވެނި ވެސް ވަނީ ރޫޅީފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ع علي وحيد
އަޅުގަނޑުމެން ދިވެހިންނައް ކިހާ މުހިންމު ކަމެއްތޯ އެއްވެސް ގުޅުމެއް އޮތްކަމެއްނޫް އެކު ތިޔައަށ ކޮމެންޓެއ ކުރެވުނީތ ޖަވާބެއް ދޭނަން އިރާ މީހަކާ އިނދެފިއްޔާ ދެން ވަރަކަށް އެހަދާ އެއްޗެއް ހަދާލާނެނެތާއޭ ދަންނަވާލަންއޮތީ އިރާ ތިމީހަކާއިނީ އިރައިގެން ތިދަތަނެއް އިރައިގެންދިޔައީމައޭ ދަންނަވާލަންޖެހޭ