ރާއްޖެއާ ގުޅޭ ފިލްމުގެ ޝޫޓިން އަންނަ މަހު ސަލްމާން ފަށަނީ

ރާއްޖެއާ ގުޅޭ ފިލްމުގެ ޝޫޓިން އަންނަ މަހު ސަލްމާން ފަށަނީ

Author
ފާތިމަތު ނާވީ
06 ޖެނުއަރީ 2024 10:04
0

ރާއްޖޭގެ "ނޮވެމްބަރު 3″ އާ ގުޅުވައިގެން ހަދާ ފިލްމް ގެ ޝޫޓިން އަންނަ މަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ.

މި ފިލްމް އަކީ ސަލްމާން ހާން ލީޑުން ފެނިގެން ދާ ފިލްމް އެކެވެ. ފިލްމް ގެ ޝޫޓިންގ ފެށުމަށް ތައްޔާރު ވަމުން އަންނަ އިރުގައި މި ފިލްމް އަށް ތައްޔާރު ވުމަށް ސަލްމާން އަންނަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

މިފިލްމަށް ތައްޔާރީތަކުގެ ތެރެއިން ހާއްސަ ޓްރެއިނިންތަކެއް ސަލްމާން މިހާރު އަންނަނީ ހަދަމުނެވެ.  އެގޮތުން ދުވާލަކު ތިން ގަޑިއިރާއި ބައިގެ ހާއްސަ ޓްރެއިނިންތަކެއް ހަދަމުން އަންނަ އިރު ރޯލަށް ފިޓްވާން މިހާރު ހާއްސަ ޑައިޓެއް ވެސް ސަލްމާން ނަގަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓައިލަން ސްރީ ލަންކާގެ ޓެރަރިސްޓުންތަކެއް ގޮވައިގެން މާލެ އަރައި ނޮވެމްބަރު 3، 1988 ގައި މާލޭގައި ހިންގި އުދުވާނީ ހަމަލާ އަކީ ރާއްޖޭގެ މި ފަހުގެ ތާރީހެއްގައި ހިނގައ ދިޔަ އެންމެ ނުރައްކާތެރި ބިރުވެރި ހާދިސާ އެވެ.

"ނޮވެމްބަރު 3″ ގެ ހާދިސާ އަކީ ދިވެހިންގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ހާދިސާއެއް ނޫނެވެ. މި ވަތަނީ  ފިލްމުގައި، ޓެރަރިސްޓުންގެ ބަޔަކު ރާއްޖޭގެ ވެރިކަން ވައްޓާލަން، ވެރިރަށް މާލެ އަށް އަރައި ނޮވެމްބަރު 3، 1988 ގައި ހިންގި އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާ އިން އެހީތެރިކަން ފޯރުކޮށް ދޭން ހިންގި "އޮޕަރޭޝަން ކެކްޓްސް" އަށް ވަރަށް ބޮޑަށް އަލިއަޅުވާނެ ކަމަށް ވެއެވެ.

މި ފިލްމް އަކީ ޑައިރެކްޓަރު ކަރަން ޖޯހަރު ގެ ދަރްމާ ޕްރޮޑަކްޝަން އަށް ސަލްމާން ކުޅެދޭ ފުރަތަމަ ފިލްމް އެވެ. މި ފިލްމް ގެ ޑައިރެކްޓަރަކީ ވިޝްނޫވަރުދާން އެވެ. އެއީ ދަރުމާގެ 2021 ގެ ކާމިޔާބު ބައޮގްރަފިކަލް ހަނގުރާމަ ފިލްމު "ޝޭރުޝާ" ގެ ޑައިރެކްޓަރުވެސް މެއެވެ. ނަމަވެސް ފިލްމް އާއި ބެހޭގޮތުން މިހާތަނަށް އެއްވެސް މައުލުމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.