މާދުރީ ބުނަނީ މީ ވަރަށް ބިޒީ އަހަރެއް ކަމަށް

މާދުރީ ބުނަނީ މީ ވަރަށް ބިޒީ އަހަރެއް ކަމަށް

Author
ފާތިމަތު ނާވީ
06 ޖެނުއަރީ 2024 11:19
0

މި ފެށުނު އާ އަހަރަކީ ވަރަށް ބިޒީ ވާނެ އަހަރެއް ކަމަށާއި ވަރަށް ގިނަ ޕްރޮޖެކްޓް ތަކެއް ކުރިއަށް އެބަހުރި ކަމަށް ބޮލީވުޑްގެ ނުހަރުވެރި ބަތަލާ މާދުރީ ޑިކްސިޓް ބުނެފިއެވެ.

މަދޫރީ ބުނީ އޭނާގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ފެނިގެންދަނީ މިހާރު ކަލާސް ޓީވީ ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑާންސް ޝޯ، "ޑާންސް ދިވާނޭ" ގެ އާ ސީޒަން ކަމަށެވެ. މި ޝޯވ ގައި އޭނާ ފެނިގެންދާނީ ޖަޖެއްގެ ގޮތުގައިއެވެ.

ކުރިއަށް ވެސް ގިނަ މަސައްކަތް ތަކެއް އެބަހުރި ކަމަށާއި އެ އެއްޗިއްސާ ބެހޭ ގޮތުން ތަފުސީލުކޮށް ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށާއި ނަމަވެސް މިހާރު އަންނަނީ ޕްލޭން ތަކެއް ކުރެވެމުން ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

56 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "މަޖާ މާ" އިންނެވެ. މަދޫރީގެ ފުރަތަމަ ވެބް ސީރީޒްކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2021 ގައި ގެނެސްދިން "ދަ ފޭމް ގޭމް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.