ސިޔާމްގެ ބައްޕާފުޅުގެ ޖަނާޒާ މިއަދު އިސްލާމީ މަރުކަޒުގައި

ސިޔާމްގެ ބައްޕާފުޅުގެ ޖަނާޒާ މިއަދު އިސްލާމީ މަރުކަޒުގައި

Author
އަހުމަދު
03 ޖެނުއަރީ 2024 11:37
0

އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ބައްޕަ މުހައްމަދު ގާސިމްގެ ޖަނާޒާ އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

ގާސިމް 80، އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ސިޔާމްގެ ބައްޕަގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. އަދި، އަސުރު ނަމާދަށް ފަހު ގާސިމްގެ މައްޗަށް ކުރެވޭ ކަށު ނަމާދު ވެސް އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެއެވެ.

އަވަހާރަވިއިރު ޤާސިމްގެ 9 ބޭފުޅުން ތިއްބަވައެވެ. އެންމެ ދޮށީ ސިޔާމްއެވެ.

ޤާސިމްވަނީ، ކުޑަފަރީގެ ކަތީބުކަމާއި، ނ. ކުޑަފަރި މަދަރުސާގެ ނާޒިރުކަން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.