މުސްޠަފާ، ޤާސިމަށް: ތިއީ ވެއްޓިފައި އޮންނަ ފަޅޮލެއްވިޔަސް، އަނބެއްވިޔަސް އުނގައްލާ ބޭފުޅެއް

މުސްޠަފާ، ޤާސިމަށް: ތިއީ ވެއްޓިފައި އޮންނަ ފަޅޮލެއްވިޔަސް، އަނބެއްވިޔަސް އުނގައްލާ ބޭފުޅެއް

Author
މުޙައްމަދު ޖިމީ
14 ޑިސެމްބަރ 2020 03:51
0

ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމަކީ، މަގުމައްޗަށް ވެއްޓިފައި އޮންނަ ފަޅޮލެއްވިޔަސް އަދި އަނބެއްވިޔަސް އުނގައްލާ ބޭފުޅެއްކަމަށް ވިދާލުވެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމަށް ނިސްބަތްކުރައްވާ މުސްޠަފާ ގެންދަވަނީ ގިނަ ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެގޮތުން ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު ޤާސިމް އަތުލައިގަނެފައިވާކަމަށް މުސްޠަފާ ވަނީ ތުހުމަތުކުރައްވާފައެވެ. އެއަށް ރައްދު ދެއްވާ ޤާސިމް ވަނީ މުސްޠަފާ ހާމަކުރައްވާފައިވާ ވާޖަކަތަކަކީ އެއްވެސް ހަޤީގަތެއްނެތް ވާހަކަތަކެއްކަމަށާއި، މުސްޠަފާ އިތުރުފުޅު ހައްދަވަނީކަމަށް ވިދާޅުވެފައެވެ.

ޓްވިޓާގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ގިނަ ތުހުމަތުތަކެއްކުރައްވާ ބަހުސް ހޫނުވެފައިވަނިކޮށް މުސްޠފާ ކުރެއްވި ޓްވީޓެއްގައި ވަނީ، މިރާއްޖޭގައި ސަރުކާރެއް އުފެދޭއިރަށް ކޯލިޝަނޭ ކިޔުއްވައިގެން ސަރުކާރުގައި ބައިވެރިއަކަށްވެގެން، ސަރުކާރުގެ ތެރެއަށް އެތައް ބަޔަކު ވައްދާ އެމީހުން ކޮރަޕްޓްކޮށްގެން ބޮޑެތި ވައްކަންތައް ހިންގާ ބޭފުލެއްކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

މަގުމައްޗަށް ވެއްޓިފައި އޮންނަ ފަޅޮލެއްވިޔަސް އަނބެއްވިޔަސް އުނގައްލާ މީހެއް

– ޤާސިމް އިބްރާހީމަށް ނިސްބަތްކުރައްވާ މުސްޠަފާ ވިދާޅުވިއެވެ.

ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ އިއްޔެ ވިދާޅުވެފައިވަނީ ޤާސިމް އިބްރާހީމް، ޖަޕާނު މީހެއް "އިނދަ" ޖައްސާލާފައިވާކަމަށާއި، 15 މިލިއަން ޑޮލަރު އޭނާގެ އަތުން "ކައްވާލާފައި" ވާކަމަށެވެ. އަދި ސަރުކާރުގެ ކޯލިޝަނެއް ކިޔައިގެން އުޅުއްވަނީ ވައްކަން ކުރައްވަންކަމަށްވެސް މުސްތަފާ ވަނީ ތުހުމަތު ކުރައްވާފައެވެ. މުސްޠަފާ ވަނީ ޤާސިމް އިބްރާހީމަށް ތުހުމަތުކުރައްވާ ގިނަ ޓްވީޓްތަކެެއްކުރައްވާފައެވެ.

މުސްތަފާގެ މިވާހަތަކާއި ގުޅިގެން ޤާސިމް ވިދާޅުވީ މުސްޠަފާ ހާމަކުރައްވާފައިވާ ވާޖަކަތަކަކީ އެއްވެސް ހަޤީގަތެއްނެތް ވާހަކަތަކެއްކަމަށާއި، މުސްޠަފާ އިތުރުފުޅު ހައްދަވަނީކަމަށެވެ. އެއީ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވަމުން ޤާސިމް ވަނީ އެފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަތްކުރުމަށް އެދި ދުޢާ ދަންނަވާފައެވެ.

ޤާސިމްގެ މިވާހަތަކާއި ގުޅިގެން މުސްތަފާވަނީ ޤާސިމަށް ރައްދު ދެއްވާފައެވެ. މުސްތަފާ ވިދާޅުވީ 1994 ވަނަ އަހަރު އޭނާ އަތުން ޤާސިމް ވަނީ 50،000 ޑޮލަރު ފޭރިގަނެފައިކަމަށެވެ. އަދި އެމައްސަލާގައި ޤާސިމް ޕޮލިހަށްވެސް ހާޒިރުކުރިކަމަށެވެ. އޭނާ ވިދާޅުވީ ޖަޕާންގެ މީހާ އަތުން ޤާސިމް ނަގާފައިވާ ފައިސާގެ މައްސަލައިގެ ލިޔެކިޔުން އެބަހުރިކަމަށެވެ. ޤާސިމް މިމައްސަލާގައި އިތުރަށް ވާހަކަ ދައްކާނަމަ ފަލީހަތްވާލެއް މާބޮޑުވާނެކަމަށް މުސްތަފާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.