ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯން އަބްރަހަމް އައު އަހަރު ފެށުން ފާހަގަ ކުރީ ތަފާތު ގޮތަކަށެވެ. އެގޮތުން ޖޯން ވަނީ މުމްބާއީން އަަގުބޮޑު ގެއެއް އައު އަހަރާއި ދިމާކޮށް ގެނެފައިއެވެ.
ޖޯން ގަތް 70.83 ކްރޯޑް ރުޕީސްގެ އަގުބޮޑު އެ ގެ ހުންނަނީ ކަރްގެ ލިންކިން ރޯޑުގަ އެވެ. މި ސަރަހައްދުގައި އިންޑިއާގެ މަޝްހޫރު ޝަހުސިއްޔަތުންގެ ގެތައް ހުރެ އެވެ. މި ގެ ގަތުމުގެ އެންމެހާ ލިޔެކިޔުމުގެ މުއާމަލާތް ނިންމާފައި ވަނީ މިދިޔަ މަހުގެ 27 ގަ އެވެ.
7700 އަކަފޫޓުގެ ބިމެއްގައި އިމާރާތްކޮށްފައިވާ އެގޭގެ ސިޓިންރޫމްގައި އެކަނި ވެސް 5400 އަކަފޫޓު ހުންނަ ކަމަށް މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައިއެވެ. އަދި މި ގޭގެ ބޮޑުކަމާއި ހައިބަތު މިކަމުންވެސް އެގޭކަމަށް ވަނީ ބުނެފައިއެވެ.
ކުރިން ވެސް މުމްބާގެ އެންމެ އަގުބޮޑު އެއް ހިސާބު ކަމަށްވާ ބަންޑްރާގައި ސީ ވިއު ވެސް ލިބޭ ގޮތަށް ދެ ބުރީގެ ލަގްޒަރީއެއް ގެއެއް ޖޯންގެ ވަނީ ގަނެފައިއެވެ. އެއާއި އެކު އަނެއްކައިވެސް އަގުބޮޑު ގަނޑުވަރެއްގެ ފަދަ ގެއެއް އޭނާ ގަނެފައިވާ އިރުގައި ޖޯން އަކީ ބޮލީވުޑްގައި ވަރަށް ކާމިޔާބު އެކްޓަރކެވެ.
2023 ވެފައިވަނީ ޖޯންއަށް ކާމިޔާބު އަހަރަކަށެވެ. އުމުރުން 51 އަހަރުގެ އެކްޓަރު މިދިއަ އަހަރު ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" ގައި ކުޅުނު ނެގަޓިވް ރޯލަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިއެވެ. މި ފިލްްމް ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި މިދިއަ އަހަރު އެންމެ ބޮޑު އާމްދަނީ ހޯދި އެއްފިލްމްއަށެވެ.