މަޖިލީހުގެ ދަނގެތި ދާއިރާއަށް މުޙްތާޒް ވާއްދަކުރައްވަނީ

މަޖިލީހުގެ ދަނގެތި ދާއިރާއަށް މުޙްތާޒް ވާއްދަކުރައްވަނީ

Author
އައިޝަތު އަޙްމަދު
02 ޖެނުއަރީ 2024 11:50
0

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުޙްތާޒް މުހުސިން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

މުހުތާޒް ވާދަކުރައްވަން ނިންމެވީ ދަނގެތި ދާއިރާއަށެވެ. އެ ދައިރާގައި ހިމެނެނީ ދަނގެތީގެ އިތުރުން، އޮމަދޫ، ދިއްދޫ ދިގުރަށް އަދި މަންދޫއެވެ. އެ ދާއިރާއަށް އޭނާ ވާދަކުރައްވަން ނިންމެވީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރެއްވުމަށް މުހުތާޒް ނިންމެވީ ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ ރަމަޟާން މަހަށް ފަހުއެވެ. ނަމަވެސް މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ.

އައު މަޖިލީހުގައި 93 ދާއިރާ ހިމެނެއެވެ. މަޖިލީހުގެ ދަނގެތި ދާއިރާގެ މިހާރގެ މެންބަރަކީ އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.