ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް، ރަސްމީ ދަތުރުފުޅެއްގައި ޔުގަންޑާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.
މަޖިލިހުގެ އިދާރާ އިން ބުނި ގޮތުގައި މިއީ ކޮމަންވެލްތުގައި ހިމެނިވަޑައިގަންނަވާ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް އަސްލަމް ޔުގަންޑާ އަށް ކުރައްވާ ރަސްމީ ދަތަރުފުޅެކެވެ.
މިއީ މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން އަސްލަމް ރާއްޖެ އިން ބޭރުގެ ގައުމަކަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
އަސްލަމް، ޔުގަންޑާ އަށް ފުރާވަޑައިގެންނެވި އިރު، މިދިޔަ އަހަރު ބޭއްވި ޖަލްސާތަކަށް ފަހު، މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. މަޖިލިހުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ