"މެރީ ކްރިސްމަސް" ގެ އާ ޕޯސްޓަރު ތަކެއް

"މެރީ ކްރިސްމަސް" ގެ އާ ޕޯސްޓަރު ތަކެއް

Author
ފާތިމަތު ނާވީ
30 ޑިސެމްބަރ 2023 06:52
0

އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ސިނަމާއަށް ގެންނަން އަމާޒު ހިފައިފައިވާ ފިލްމް "މެރީ ކްރިސްމަސް" ގެ އައު ޕޯސްޓަރު ތަކެއް ދައްކައިލައިފިއެވެ.

ބޮލީވުޑްގެ ރީތި ބަތަލާ ކެޓްރީނާ ކައިފް އާއި ސައުތުގެ އެފަދަ ދެވަނެއް ނުވާ ކާމިޔާބު އެކްޓަރ ވިޖޭ ސެތުޕަތީ އެކުގައި ފެނިގެންދާ އަލަތު ފިލްމް އަކީ ތުރިލާތައް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ފިލްމެކެވެ. އޭނަ އަކީ "އަންދާދުން" އާއި "ބަދުލާޕޫރް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

މި ފިލްމްގެ ޓްރެއިލާ އަދި ޓިޒާވެސް މިހާރު ބެލުންތެރިންނަށް ދައްކައިލައިފައިވާ އިރުގައި ޕޯސްޓަރު ތަށް ވެސް އަންނަނީ ދައްކަމުންނެވެ. އެގޮތުން ފިލްމް ގެ ލީޑުން ފެނިގެންދާ ކެޓްރީނާ ވަނީ ސޯޝަލް މީޑިއާއަށް މީގެ އައު ޕޯސްޓަރު ތަކެއް ދޫކޮށްލައިފައިއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

"މޭރީ ކްރިސްމަސް" އަކީ އިންޓަވަލެއް ނުހިމެނޭ ގޮތަށް ހަދާ 90 މިނިޓްގެ ފިލްމެކެވެ. ބޮލީވުޑް ހަންގާމާއިން ބުނިގޮތުގައި މި ފިލްމު ސްރީރާމް ހަދަނީ ކުރު ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ.

ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "މެރީ ކްރިސްމަސް" ގެ ކާސްޓްގައި ސަންޖޭ ކަޕޫރް، ވިނޭ ޕަތަކް، ޕްރަތިމާ ކަޒްމީ، ޓިނޫ އާނަންދު، ރާދިކާ ސަރަތުކުމާރު އަދި ރާދިކާ އަޕްޓޭ ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Tips Tamil (@tipstamilofficial)

މި ފިލްމް ސިނަމާތަކަށް ގެންނަން ތާވަލް ކޮށްފައި ވަނީ އައު އަހަރުގެ ކުރީކޮޅު، ޖެނުއަރީ 12 ވަނަ ދުވަހުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.