އީޝާ ކޮޕިކަރްގެ ކައިވެނި ނިމުމަކަށް

އީޝާ ކޮޕިކަރްގެ ކައިވެނި ނިމުމަކަށް

Author
ފާތިމަތު ނާވީ
30 ޑިސެމްބަރ 2023 10:33
0

ކުރީގެ ބޮލީވުޑްގެ ބަތަލާ އީޝާ ކޮޕިކަރްގެ ކައިވެނި ނިމުމަކަށް އަތުވެއްޖެ އެވެ.

އިޝާ އާއި ޓިމީ ނަރަންގުގެ 14 އަހަރުވީ ކައިވެނި ނިމުމަކަށް އައިސްފައިވަނީ މީގެ މަހެއްހައި ދުވަސް ކުރިން ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ. އަދި މިހާރު އެމީހުން ތިބީ ވަރިވެގެން ކަމަށްވެސް މީޑިއާއިން ބުނެއެވެ.

އެ ކައިވެނީގައި ބޮޑެތި މައްސަލަ ތަކެއް ޖެހި ދެމީހުން ދުރުވުމުގެ ކުރިން މައްސަލަތަށް ހައްލުކޮށް ސުލްހަ ވެވޭތޯވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ދެމީހުންގެ މެދުގައި ޖެހިފައިވާ މައްސަލަތަކުގެ ބޮޑު ކަމުން އެންމެ ފަހުން ދުރުވީ ކަމަށް ބުނެފައި ވެއެވެ.

މި ވާހަކަ ތަށް އަޑުއިވުމާއި ގުޅިގެން މީޑިއާއިން ވަނީ އީޝާ އާއި ސުވާލު ކޮށްފައި އެވެ. ނަމަވެސް އިޝާ ވަނީ މިވަގުތު އެކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Isha Koppikar Narang (@isha_konnects)

މީޑިއާތަކުން ބުނީ ފިރިމީހާ ގެއިން ނުކުމެ، އީޝާ މިހާރު ވަކިން އުޅެމުން އަންނަ އިރު، ދަރިފުޅު ރިއާނާ ނަރަންގް ހުންނަނީ އީޝާގެ ގާތުގައި ކަމަށެވެ. އީޝާގެ ފިރިމީހާ ޓިމީ އަކީ ހޮސްޕިޓާލިޓީ ދާއިރާގެ ވިޔަފާވެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.