ފިލްމް އެއް ކުޅުމަށް ތައްތާރު ވުމުގެ ގޮތުން ފަސްދުވަސް ވަންދެން ކޮޓަރީގައި ތަޅުލައިގެން ނުނިކުމެ އޮތް ކަމަށް ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ވިކީ ކޯޝަލް ބުނެފިއެވެ.
މީޑިއާގައި ވާހަކަ ދައްކަމުން ވިކީ ބުނީ އޭނާ ކޮޓަރީގައި އަމިއްލަ އަށް ތަޅުލެވިގެން އޮތީ ފިލްމް ގައި ކުޅެން ޖެހުނު ބަޔަށް ސިކުނޑި ތައްޔާރު ކުރުމުގެ ގޮތުން ކަމަށެވެ. އަދި ތަނެއްގައި އަމިއްލަ އަށް ތަޅުލެވިގެން ހުރުމުން އެމީހަކަށް އެކްޓުކުރުމުގެ ކުޅަދާނަކަން ލިބޭ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ކޮންމެ މީހަކުވެސް އެމީހަކު ކުޅޭ ރޯލަކަށް ތައްޔާރު ވުމަށް ތަފާތު ކަންކަން ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
"5 ދުވަސް ވަންދެން ތަޅުލެވިގެން އޮތިން. ލައިޓެއް ޓިވީ އެއް ވައިފައިއެއް ފޯނެއް ނެތް. އަހަރެން އެކަނި. ދެން އަދިރި ކަން. އަހަރެން އެހެން ހެދީ މެންޓަލީ އެ ރޯލަށް ޕްރިޕެއާ ވާން. އެފަދަ ރޯލަކާއި ބެހޭގޮތުން އަހަރެންނަށް މާބޮޑު އެއްޗެއް ނޭނގޭތީ"
ވިކީ ބުނީ އެއީ އޭނާ ފިލްމް އަކަށް ތައްޔާރު ވާން ކުރިކަމެއް ކަމަށެވެ. އެކަމާއި އެކްޓިންގނާއި އެއްވެސް ގުޅުމެއް ނެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ. އަދި މޮޅު އެކްޓިންގ އެއް ދައްކާ ކަމުގައިވަނީ ނަމަ ފުރިހަމަ އަށް ތައްޔާރު ވާން ޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށްވެސް ބުނެފައި ވެއެވެ.
އެހުރިހާ ތައްޔާރީއެއް އޭނާ ވި ފިލްމް އަކީ "ރާމަން ރާގަވް 2.0″ އެވެ. އެފިލްމް ގައި އޭނާ ފެނިގެންދިއައީ ފުލުހެއްގެ ރޯލުންނެވެ. 2016 ވަނަ އަހަރުގެ އެ ފިލްމް އަކީ ބެލުންތެރިންގެ މާބޮޑު ސަމާލުކަމެއް ލިބުނު ފިލްމްއެއް ނޫނެވެ. ފިލްމް ގައި ވިކީ އާއި އެކުގައި ދެން ފެނިގެންދިއައީ ނަވާޒުއްދިން ސިއްދީގްއެވެ.
ކޮމެންޓު ފޮނުވާ