އަތިޔާ ރާއްޖޭގައި

އަތިޔާ ރާއްޖޭގައި

Author
ފާތިމަތު ނާވީ
28 ޑިސެމްބަރ 2023 04:14
0

ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ އައު އަހަރާއި ދިމާކޮށް ރާއްޖެ އަށް ޗުއްޓީއަށް އަތުވެއްޖެއެވެ.

އައު އަހަރާއި ދިމާކޮށް ބޮލީވުޑްގެ ތަރިން ވަނީ ޗުއްޓީ އަށް ފުރަން ފަށައިފައިއެވެ. އަތިޔާ ޗުއްޓީ ގައި އޭނާގެ ފިރިމީހާ ކޭ އެލް ރާހުލް ބައިވެރިވި ކަމެއް ނުވަތަ ނުން ކަމެއްވެސް ނޭގެއެވެ. ސޯޝަލް މީޑިއާގެ ފޮޓޯތަކުން ރާހުލް އެއް ނުފެނެއެވެ.

 

View this post on Instagram

 

A post shared by Athiya Shetty (@athiyashetty)

އަތިޔާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނޭވާ ޖާނީ ރިސޯޓްގައިއެވެ. އަދި އޭނާ އަންނަނީ ސޯޝަލް މީޑިއާގައި ފޮޓޯތަށް ވެސް ހިއްސާ ކުރަމުނެނެވެ. ރާއްޖެ އަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.

އަތިޔާ އާއި ރާހުލް ކައިވެނި ކުރީ ލޯބީގެ ގޮތުގައި ގުޅިގެން އެކުގައި ދުވަސްގަނޑަކު އުޅުމަށްފަހު މިއަހަރު ކުރީކޮޅު، ހިންދޫ ދީނުގެ ސަގާފަތާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.