"ސްޕިރިޓް" އާ އަހަރު

"ސްޕިރިޓް" އާ އަހަރު

Author
ފާތިމަތު ނާވީ
28 ޑިސެމްބަރ 2023 07:56
0

ސައުތުގެ ކާމިތާބު އެކްޓަރު ޕްރަބާސް ގެ ކުރިއަށް އޮތް ފިލްމް "ސްޕިރިޓް" ގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާއާ އެކީ ޕްރަބާސް މަސައްކަތް ކުރަން ހަމަޖެހިފައިވާ މި ފިލްމު ގެ ޝޫޓިންގ ފެށުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރު ވަމުން އަންނަ ކަމަށްވެސް ވެއެވެ. ފިލްމުގެ ސްކްރީންޕްލޭ ޕޮލިޝްކުރަން މިހާރު ކުރަމުން އަންނަ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިންމާނެ ކަމަށް ވެސް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމަކީ 2021 ގައި އިއުލާންކުރި އެއްޗެކެވެ. ނަމަވެސް ފިލްމް ފާޑަކަށް ހުއްޓި ފައި އޮތުމަށް ފަހު އަލުން ފިލްމްގެ މަސައްކަތްތަށް މިހާރު ވަނީ ފަށައިފައިއެވެ.

މި ފިލްމް އާއި ބެހޭ މާގިނަ ތަފްސީލެއް މިހާތަނަށް ހާމަ ކޮށްފައިއެއް ނުވެއެވެ. އަދި މީގެ ކާސްޓުން ޕްރަބާސް އާއި އެކުގައި ފެނިގެންދާނީ ކޮން ބައެއް ކަމެއް ވެސް އަދި ނޭގެއެވެ.

 

View this post on Instagram

 

A post shared by Hombale Films (@hombalefilms)

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެކްޝަން ފިލްމު "ސަލާރް" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.