ބޮލީވުޑްގެ ތަރިން މިދަނީ އައު އަހަރު ފާހަގަކުރަން

ބޮލީވުޑްގެ ތަރިން މިދަނީ އައު އަހަރު ފާހަގަކުރަން

Author
ފާތިމަތު ނާވީ
29 ޑިސެމްބަރ 2023 10:08
0

އައު އަހަރު ފާހަގަ ކުރުމަށް ގައުމުން ބޭރަށް ޗުއްޓީ އަށް ދިއުމަކީ ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ކުރަމުން އަންނަ ކަމެކެވެ. އޭގެ ތެރޭގައި ލޯބިވެރިންނާއި ދެމަފިރިންނާއި އާއިލާތަށް ހިމެނެއެވެ.

ތަރިން ފުރަން މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް އުޅެނިކޮށް ނަގައިފައިވާ ވީޑީއޯ އާއި ފޮޓޯތަށް އަންނަނީ މިހާރު ސޯޝަލް މީޑިއާގައި ދައުރު ވަމުންނެވެ. މި ފޮޓޯތަކުން މުޅި ބޮލީވުޑް އެއްކޮން ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މީ ތަރިން އައު އަހަރާއި ދިމާކޮށް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ޗުއްޓީ ގައުމުން ބޭރުގައި ލޯބިވާ މީހުންނާއި އެކުގައި ހޭދަކޮށްލުމަކީ ތަރިން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ހާއްސަކޮން އައު އަހަރާއި ދިމާކޮށެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މީގެ ތެރޭގައި ދެމަފިރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓާއި ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕޫތާއި ކިއާރާ އަދުވާނީ އާއި ސިދާތު މަލްއުތުރާ އާއި ރާޖްކުމާރު ރާއޯ އާއި އަންހެނުން ޕަޓްރަލޭފާހަގަ ކޮށްލެވެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

އަދި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޖޯޑުތައް ކަމަށްވާ އަދިތިޔާ ރޯއި ކަޕޫރާއި އަނަންޔާ ޕާންޑޭ އާއި ތަމަންނާ ބާޓިއާ އާއި ވިޖޭ ވަރުމާ ފާހަގަކޮށްލެވެ އެވެ. އަދި އިބްރަހިމް ވެސް އަންހެން ކުއްޖަކާއި އެކުގައި ދަނިކޮން ވަނި ފެނިގެންގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މީގެ އިތުރުން  ޖާންވީ އާއި ހުޝީ ކަޕޫރުގެ ދެބެންނާއި އަމިތާބް ގެ އަންހެން ދަރިފުޅު ޝްވެތާ ބަޗަން ގެ ދެދަރިން ކަމުގައިވާ ނަވްޔާ އާއި ބޭބެ އަގަސްތިޔާވެސް ވަނީ އެއާޕޯޓް އިން ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ކޮންމެ އައު އަހަރަކާ ދިމާކޮށް އަބަދުވެސް ބޮލީވުޑްގެ މަޝްހޫރު ތަރިން އާ އަހަރަށް މަރުހަބާ ކިޔަން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.