"އާޝިގީ 3″ ގެ ބަތަލާ އަކީ ތްރިޕްތީ

"އާޝިގީ 3″ ގެ ބަތަލާ އަކީ ތްރިޕްތީ

Author
ފާތިމަތު ނާވީ
28 ޑިސެމްބަރ 2023 08:34
0

ޒުވާން އެކްޓަރު ކާތިކް އާރިޔާން ގެ އަސަރުގަދަ ލޯބީގެ ފިލްމް ގައި ކާތިކް އާއި އެކުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ތްރިޕްތީ ދިމްރީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަންބީރް ކަޕޫރްގެ "އެނިމަލް" ގައި ކުޅުނު ރޯލުން ބޮޑު ސަމާލު ކަމެއް ލިބުނު ބަތަލާ މިހާރު އެ ފިލްމް އަށް ސޮއި ކޮށްފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައިއެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

މީގެ ކުރިން މި ރޯލަށް ބައެއް ޒުވާން ތަރިންގެ ނަން ފެންމަތިވިއެވެ. އޭގެ ތެރޭގައި ކާތިކްގެ ކުރީގެ ލޯބިވެރިއާ ސާރާ އަލީ ހާން އާއި ތާރާ އަދުވާނީ ގެ ނަން ވެސް ފެންމަތިވިއެވެ.

ނަމަވެސް މިކަން އެ ފިލްމު އުފައްދާ ބަޓް ކޭމްޕާއި ބުޝަން ކުމާރު ޓީ ސީރީޒުން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުވެ އެވެ. ނަމަވެސް ނޫސްތަކުން ވަނީ މީ ހަށަވަރު ހަބަރެއް ކަމަށް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Triptii Dimri (@tripti_dimri)

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ "އާޝިގީ 3″ ގެ ޑައިރެކްޓަރަކީ "ބަރްފީ" އާއި "މާޑާ" އަދި "ލައިފް އިން އަ…މެޓްރޯ" ފިލްމުތައް ގެނެސްދިން އަނޫރާގް ބާސޫ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.