އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އުމުރުން 92 އަހަރުގައި ނިޔާވެއްޖެ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އުމުރުން 92 އަހަރުގައި ނިޔާވެއްޖެ

Author
އަހުމަދު
12 އޭޕްރިލް 2026 03:01
0

1970 އާއި 1980 ގެ އަހަރުތަކުގައި ބޮލީވުޑްގެ މިއުޒިކްގައި ރަސްކަންކުރި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އުމުރުން 92 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ގްރެމީ އެވޯޑަށް ދެ ފަހަރެއްގެ މަތިން ނޮމިނޭޓްވެފައިވާ އާޝާ އަވަހާރަވީ އާދީއްތަ ދުވަހު މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ހަށިގަނޑުން ވަރަށް ބޮޑަށް ވަރުދެރަވުމާއި މޭގެ އިންފެކްޝަނަކަށް ފަރުވާދިނުމަށެވެ.

އާދީއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާގެ ދަރިފުޅު އާނަންދު ބޯސްލޭ ބުނީ، އޭނާގެ މަންމަ މިއަދު އަވަހާރަވެފައިވާ ކަމަށާއި، ޖަނާޒާގެ އެންމެ ފަހުގެ ރަސްމިއްޔާތުތައް މާދަމާ މުމްބާއީގެ ޝިވާޖީ ޕާކުގައި އޮންނާނެ ކަމަށެވެ.

ހަތް ދިހަވަރަކަށް އަހަރުވީ އޭނާގެ ދިގު ކެރިއަރުގައި އާޝާ ވަނީ އިންޑިއާގެ އެކި ބަސްބަހުން 12،000 އަށްވުރެ ގިނަ ލަވަ ރެކޯޑުކޮށްފައެވެ.

އާޝާ އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.