ދިވެހި ސިފައިންގެ ޕްރައިވެޓެއް ބަނގުރާ ބޭނުންކޮށް ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކޮށް، ފަސް ދުވަހަށް ބަންދުކޮށްފި އެވެ.
ހައްޔަރުކުރެވުނީ ކ. ތުލުސްދޫ، ވާދޫ، 19 އަހަރުގެ މުހައްމަދު ރަޒާން އަލީ ޒާހިރު އެވެ. ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓަށް ބުނި ގޮތުގައި، ރަޒާން އެމްއެންޑީއެފްގައި ހުރީ ޕްރައިވެޓެއްގެ ރޭންކުގަ އެވެ.
ރަޒާން ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި، އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރި އެވެ. އޭނާގެ މައްސަލަ ވަކީލަކާ އެކު ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނުމުން ބަންދަށް ފަސް ދުވަސް ދިނީ ކަމަށް އަމުރުގައި ވެ އެވެ.
ކޮމެންޓު ފޮނުވާ