ނަމާދު ވަގުތަށް 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ލާޒިމުކޮށްފި

ނަމާދު ވަގުތަށް 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ލާޒިމުކޮށްފި

Author
އަހުމަދު
15 ޖޫން 2026 10:00
0

ބަންގި ގޮވާ ވަގުތުން ފެށިގެން 20 މިނެޓަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މެދުކަނޑާލުމަށް ސްޕޯޓްސް މިނިސްޓްރީން މިއަދު އަންގައިފިއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބްތަކާއި، އެކަޑަމީތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން އިންތިޒާމުކޮށްގެން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތަކަކަށް ވެސް މި އުސޫލަށް އަމަލުކުރުން ލާޒިމުވާނެކަން އަންގައި މިނިސްޓްރީން ވަނީ ސާކިއުލާއެއް ނެރެފައެވެ. އަދި މި ސިޔާސަތު ފުރިހަމައަށް ތަންފީޒުކޮށްދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވާއިރު، މިމަހުގެ އެއްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނަމާދު ވަގުތަށް ކުޅިވަރު ކުޅުން ވަކި ވަގުތުކޮޅަކަށް ހުއްޓާލަން ޖެހޭގޮތަށް އުސޫލުތައް ބަދަލުކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. މީގެ އިތުރުން، ކުޅިވަރު ކުޅުންތެރިންނަށް ފަސޭހައިން ނަމާދުކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި ތަރައްޤީކުރާ ހުރިހާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ކުޅިވަރު މައިދާންތަކުގައި ނަމާދުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.