ހުޅުމާލޭގެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަތްވެފައި މިސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯއިން އިލްތިމާސް ކޮށްފިއެވެ.
އާބަންކޯއިން މިއަދު ބުނެފައިވަނީ، ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށްނުވިނަމަވެސް މަދުންނަމަވެސް އާންމުން މިސަރަހައްދަށް ވަންނަކަން އެކޯޕަރޭޝަނަށްވަނީ ފާހަގަކުރެވިފައިވާކަމުގައެވެ. އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން އެސަރަހައްދަށް ނުވަނުމަށް އެކޯޕަރޭޝަނުން އިލްތިމާސްކޮށްފައިވާކަމަށްވެސް ބުނެފައިއެވެ.
ވީމާ ހުއްދައެއްނެތި، ޒަރޫރީ އެއްވެސްބޭނުމަކާއި ނުލައި މިސަރަހައްދަށް ނުވަނުމަށް އަންގާ އިއުލާންކުރަމެވެ.
އާބަންކޯގެ ބަޔާނުގައި ވެއެވެ.
މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިދަނީ ތަކުރާރުކޮށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ ކުންފުނިން އިލްތިމާސް ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ