ޒައިދާންގެ މަކަރާއި ހީލަތުގެ މައްސަލައެއްގައި އިތުރު މީހުންގެ އަތުން ފައިސާ ހޯދާފައިވޭތޯ ބަލަނީ

ޒައިދާންގެ މަކަރާއި ހީލަތުގެ މައްސަލައެއްގައި އިތުރު މީހުންގެ އަތުން ފައިސާ ހޯދާފައިވޭތޯ ބަލަނީ

Author
ހުސެއިން
26 ޑިސެމްބަރ 2023 12:55
0

އޮަޅުވާލާއިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި ޒައިދާން މުހައްމަދު ހާޝިމްގެ އިތުރު ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގާފައިވޭތޯ ބެލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ އެ މުވައްސަސާއިގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގ. ސިނަމާލެ 01 05-13 ޒައިދާން މުޙައްމަދު ހާޝިމް މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބެލުމަށް ބޭނުންވާ ކަމުގައެވެ.

އެހެންކަމުން، ގ. ސިނަމާލެ 01 05-13 ޒައިދާން މުޙައްމަދު ހާޝިމް މަކަރާއި ހީލަތުން އޮޅުވާލައިގެން އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.