ކުރިއަށް އޮތް އިންތިޚާބުވާނީ އެންމެ ޚުދުމުހުތާރު އިންތިޚާބަށް: ޝުޖާޢު

ކުރިއަށް އޮތް އިންތިޚާބުވާނީ އެންމެ ޚުދުމުހުތާރު އިންތިޚާބަށް: ޝުޖާޢު

Author
މުޙައްމަދު ޖިމީ
14 ޑިސެމްބަރ 2020 10:11
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައިވެސް ބާއްވާ އެންމެ ޚުދުމުހުތާރު އިންތިޚާބަށް ވާނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ޝުޖާއު ދަނީ ފަހަކަށް އައިސް އިލެކްޝަންސް ކޮމިޝަނަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރައްވަމުންނެވެ. ޚާއްބާ އެކޮމިޝަންގެ ރައީސްއަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، އިންތިޚާބުގެ ކުރިން ޝަރީފް އީސީން ބޭރުކުރައްވާނެކަމަށްވެސް ޝުޖާޢު ދަނީ ތުހުމަތުކުރައްވަމުންނެވެ.

ޝުޖާޢު ވިދާޅުވީ، އަންނަ އަހަރުގެ މާރިޗް 6 ގައި ބާއްވާ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ބޭއްވޭނެ އެންމެ ޚުދުމުހުތާރު އިންތިޚާބަށް ވާނެކަމަށާއި، ރައްޔިތުންނަށް ރައްޔިތުންގެ ވޯޓް ދިނުމަށް އެންމެ ބޮޑެތި ހުރަސްތައް ކުރިމަތިކުރުވާނެ އިންތިޚާބުކަމަށެވެ. އަދި އެކަމަށް މުޅި ދުނިޔެ މަލާމާތްކުރާނެކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުޞަތު ނުދެއްވާކަމަށާއި، އިދިކޮޅުގެ ބައެއް ހައްގުތަކަށް އީސީން އަރައިގަނަމުންދާކަމަށް އިދިކޮޅޫ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އީސީން އެކަން ދޮގުކުރައްވައެވެ. ސަރުކާރުގެ އިސްވެރިންނާއި ދައުލަތުގެ ބައެއް ވަޒީރުން އެކި މަޝްރޫޢުތަކުގައި ރަށްރަށް ވަޑައިގެން ކެމްޕެއިން ކުރައްވާކަމުގެ ތުހުމަތުވެސް އިދިކޮޅު އަންނަނީ ކުރަމުންނެވެ.

އީސީން ވަނީ އެފަދަ ޝަކުވާތައް އެކޮމިޝަނަށްވެސް ލިބިފައިވާކަމަށާއި، ކެމްޕެއިން ކުރުމަށް ހުރި ދަތިތަކާއި ގުޅޭގޮތުން އެޗްޕީއޭއާއި މަޝްވަރާކުރައްވަމުން އަންނަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.