ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ، ޢާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުކުރާ، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން، އެ އިންތިހާބެއް ބާއްވާ ތާރީޚުގެ މީލާދީ 6 މަސްދުވަސް ކުރިން، އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންޖެހޭނެ ކަމުގައި ސިވިލް ސަވިސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިޢުފާ ނުދީހުރެ، އިންތިހާބަކަށް ކުރިމަތިލައިފިނަމަ އެ މުވައްޒަފަކު ހުރި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ސިވިލް ސަރވިސް ގާނޫނު ބުނާ ކަމަށެވެ.
އެހެންނަމަވެސް ސިވިލް ސަރވިސް ގާނޫނުގައި މި ގޮތަށް އޮތަސް، ހައިކޯޓުން ވަނީ މިކަމަށް ފަރުވާ އެއް ދެއްވާފައިވާކަން ފާހަގަ ކުރައްވަމުން ހަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސިވިލް ސަރވިސްގެ މުވައްޒަފަކު އިންތިހާބުގައި ވާދަކޮށް ނުހޮވުނަސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އޮންނަ ފަދައިން، އަލުން އަނބުރާ ކުރިންހުރި ވަޒީފާއަށް އައުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާ އެއްގައި އުޅުން ނުވަތަ ނޫޅުން، އާންމު އިންތިހާބުތަކުގައި ބައިވެރިވުމުގެ ޝަރުތަކަށް އިލެކްޝަންސް ކޮމިޝަނުން ނުބަލާނެ. އެހެންނަމަވެސް، ސިވިލް ސަރވިސްގެ މުވައްޒަފުން ސިވިލް ސަރވިސްގެ ގާނޫނަށް އަމަލު ކުރޭތޯ ނުވަތަ ނޫންތޯ ސިވިލް ސަރވިސް ކޮމިޝަނުން ބައްލަވާނެ.
ހަބީބު ވިދާޅުވެފައި ވެއެވެ.
ހަބީބު އިތުރަށް ވިދާޅުވީ، ސިވިލް ސަރވިސްގެ މުވައްޒަފުން ދެ އިންތިހާބެއްގައި ދެގޮތަކަށް ޢަމަލު ކުރަންޖެހުމުން، ބައެއް ފަހަރު މުވައްޒަފުންނަށް އޮޅޭގޮތް ވެދާނެ ކަމަށާއި، މިއީ، ގާނޫނު ހަދާ މަޖިލީހުން ވިސްނާވަޑައިގަންނަވަން ކަމު ހިނގައިދާނެ ނުކުތާއެއް ކަމުގައެވެ.
އޭނާ ވިދާޅުވީ، ގާނޫނު އަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ލިބިދިނުމުގައި ހުރި ތަފާތުތަކާމެދު، ދައުލަތުގެ ބަންޑާރަ ނައިބާއި، ގާނޫނުހަދާ މަޖިލީހުން މާބޮޑަށް ވެސް ވިސްނާވަޑައިގަންނަވާނެކަމީ ޝައްކެއް އޮތްކަމެއްނޫން ކަމުގައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވާނެ ތާރީއެއް ކަޑައެޅުމަށް ރައްޔިތުންގެ މަޖިލީހާ ވާހަކަ ދައްކަމުންނެވެ.
ކޮމެންޓު ފޮނުވާ