އަންނަ އަހަރު ހުރިހާ ދުވަހެއްގައިވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ

އަންނަ އަހަރު ހުރިހާ ދުވަހެއްގައިވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ

Author
އައިޝަތު އަޙްމަދު
21 ޑިސެމްބަރ 2023 06:44
0

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ. ފެމިލީ ކޯޓުން މިގޮތަށް ނިންމީ މިއަހަރުގެ އަޞްލަ ޢީދާ ދިމާކޮށް ބައެއް ދުވަސްތަނުގައި ކައިވެނިކޮށް ނުދޭން ކަނޑައަޅަފައިވެސްވަނިކޮށެވެ.

ނަމަވެސް ފެމިލީކޯޓުން ބުނީ، މި ފެށޭ އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކޯޓުން ކައިވެނިކޮށްދޭނެކަމަށެވެ. އެގޮތުން ރަސްމީ ދުވަސްތަކުގައި ހެނދުނު 9 އިން ރޭގަނޑު 9އަކާއި ހަމައަށް ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

އަންނަ އަހަރު ކޯޓުން ބޭރުންގައި ކައިވެނިކޮށްދޭނީ ހަވީރު 3އިން ރޭގަނޑު 9އަކަށްކަމަށްވެސް އެކޯޓުން ބުންޏެވެ. އަދި ރިސޯޓުތަކާއި ސަފަރީތަކުގައި ކައިވެނިކޮށްދޭނެ ވަގުތު އެކަމަށް އެދި ހުށައެޅުމުން ކަނޑައަޅާނެކަމަށްވެސް ފެމިލީކޯޓުން ބުންޏެވެ.

އެ ކޯޓުން ބުނީ، ރޯދަ މަހުގެ ފުރަތަމަ ހަފްތާއާއި ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައި ކައިވެނިކޮށްދޭނެ ވަގުތުތައް ފަހުން އިޢުލާންކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.