ފުށިދިއްގަރު ފަޅު ހިއްކަނީ 12 ބަޔަކަށް ބަހާލައިގެން، މިހާރު ހިއްކަން ފަށާފައި ވަނީ ވޯރކް ސައިޓު

ފުށިދިއްގަރު ފަޅު ހިއްކަނީ 12 ބަޔަކަށް ބަހާލައިގެން، މިހާރު ހިއްކަން ފަށާފައި ވަނީ ވޯރކް ސައިޓު

'ރަސް މާލެ' މަޝްރޫއުއަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް އިއްޔެ އަމަލީ ގޮތުން ފަށާފައިވާ އިރު، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިއްކާނީ 29 ހެކްޓަރުގެ ސަރަހައްދެއްކަމަށް އެ މަޝްރޫޢުގެ އީއައިއޭގައި ބުނެފިއެވެ. އެ މަޝްރޫޢުގެ މިހާތަނަށް ހިއްކަން ހަވާލުކޮށްފައި ވަނީވެސް އެ ފަޅުން 29 ހެކްޓަރުގެ ސަރަހައްދެއް ކަންވެސް އީއައިއޭއިން ހާމަވެއެވެ.

ފުށު ދިއްގަރު ފަޅި ހިއްކުމުގެ މަޝްރޫޢު އިއްޔެ ފައްޓަވާ ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ. އެފަޅުން ހިއްކަން މި ފަށަނީ 1،153 ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި ހިއްކުމުގެ މަޝްރޫޢު ނުހުއްޓި ކުރި ކުރިޔަށް ގޮސްފިނަމަ 8 މަސްތެރޭ ހިއްކާ ނިމޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މިއަދު މި ފަށާ ގޮތަށް ނުހުއްޓި ގޮސްފި ނަމަ 8 މަސް ތެރޭ އަޅުގަނޑުމެންނަށް ހިއްކާ ނިންމާލެވޭނެ މި ދެންނެވި ވަރުގެ ސަރަހައްދެއް.

ރައީސް ވިދާޅުވެފައިވެ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމަށް މިހާތަނަށް ހަދާފައިވާ އީއައިއޭގައި ވާ ގޮތުން އެ ފަޅުގެ މިހާރު ހިއްކަން ފަށާފައިވަނީ %2.9 ކަމަށް ވާއިރު އެ ފަޅުގެ %97 ހިއްކުމަށް އަދި އީއައިއޭ ހަދަން ޖެހެއެވެ. އެ ސަރަހައްދު ހިއްކާނީ 12 ބަޔަކަށް ބަހާލައިގެންނެވެ. މިއިން ކޮންމެ ބަޔަކަށް ވަކި އީއައިއޭއެއް ހަދާގޮތަށްވެސް ރިޕޯޓުގައި ހިމަނާފައި ވެއެވެ.

މި މަޝްރޫޢުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދާނީ ބާރަ ސައިޓަކަށް ބަހާލައިގެންނެވެ. އެއީ 'ސައިޓް އޭ' އިން ފެށިގެން 'ސައިޓް އެލް' އަށެވެ. އަދި އެ ސައިޓުތަކުގެ ތެރެއިން އިއްޔެ ފަށާފައިވަނީ 'ސައިޓް ޖޭ’ގެ 29 ހެކްޓަރު ހިއްކުމުގެ މަސައްކަތެވެ. މިއީ މުޅި މަޝްރޫއުގެ ނިސްބަތުން ބަލާ ނަމަ، ހިއްކަން ކަނޑައަޅާފައިވާ ބިމުގެ %2.9 އެވެ. އީއައިއޭގައި ވާގޮތުން މުޅިއެކު ހިއްކަން ނިންމާފައިވަނީ 1،000 ހެކްޓަރު، މިއީ ރައީސް މުއިއްޒު ވިދާޅުވި ވަރަށް ވުރެ ކުޑަ އަދަދެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

އީއައިއޭގައި ފާހަގަ ކޮށްފައިވާ 29 ހެކްޓަރުގެ އެ ބިމަކީ، މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ވޯކް ސައިޓަކަށް ބޭނުންކުރަން ނިންމާފައިވާ ސަރަހައްދެވެ.

ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ލަންކާ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިސް ކޮންސްޓްރަކްޝަން (ސީއެމްސީ) ކުންފުންޏާއެވެ. ސީއެމްސީން ވަނީ ސަބް-ކޮންޓްރެކްޓް އުސޫލުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްފައެވެ.

މިމަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެމްބަރުން ވަނީ ބަޖެޓުން އުނިކޮށްފައެވެ. އަދި މި މަޝްރޫއަސް ފައިނޭންސް ކުރާގޮތެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *