ކާޖޮލް ދެން ކުޅޭނީ ބިރުވެރި ފިލްމްއެއް

ކާޖޮލް ދެން ކުޅޭނީ ބިރުވެރި ފިލްމްއެއް

Author
ފާތިމަތު ނާވީ
21 ޑިސެމްބަރ 2023 10:03
0

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ކާޖޮލް ގެ ކުރިއަށް އޮތް ފިލްމް އަކީ ބިރުވެރި ފިލްމް އެއް ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ އޭނަގެ ފިރިމީހާ، އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، ވިޝާލް ފޫރިއާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އެއްޗެއްކަމަށެވެ. ނަމަވެސް މި ކަމާއި ގުޅޭގޮތުން ރަސްމީކޮން އެއްވެސް އެއްޗެއް އަދި އިއުލާން އެއް ނުކުރެއެވެ.

ވިޝާލް އަކީ ބަތަލާ ނުޝްރަތު ބަރޫޗާ ކުޅުނު 2021 ގެ ބިރުވެރި ފިލްމު "ޗޯރީ" ގެ ޑައިރެކްޓަރެވެ. މީގެ ދެވަނަ ބައެއް ވެސް މިހާރު އަންނަނީ ހަދަމުންނެވެ. މީ ވަރަށް ކާމިޔާބު ފިލްމްއެކެވެ. އަދި ފިލްމް ގެ ޝޫޓިން އައު އަހަރުގައި ފަށާނެ ކަމަށްވެސް ވެއެވެ.

 

View this post on Instagram

 

A post shared by Kajol Devgan (@kajol)

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 49 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖޫންގައި ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.