ތައްނޫޖާ ހާލު ދެރަވެ، އެޑްމިޓް ކޮށްފި

ތައްނޫޖާ ހާލު ދެރަވެ، އެޑްމިޓް ކޮށްފި

Author
ފާތިމަތު ނާވީ
19 ޑިސެމްބަރ 2023 02:37
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތައްނޫޖާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ދޭން ފަށައިފި އެވެ.

1960އާއި 70ގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން އާއްމުންގެ މަގުބޫލުކަން ހޯދި ތަނޫޖާގެ ސިއްހީ ހާލު ގޯސްވެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ކަމަށް މީޑިއާއިން ވަނީ ކަށަވަރު ކޮށްދީފައިއެވެ.

މީޑިއާތަކުން ބުނީ މިހާރު އުމުރުން 80 އަހަރުގެ ބަތަލާ މުމްބާއީގެ ޖުހޫގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި  ތަނޫޖާ އޮބްޒަވޭޝަންގައި އޮތް އިރު، އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވެފައިވާ ސިއްހީ މައްސަލަތައް ފިޔަވައި ކަންބޮޑުވާން ޖެހޭ ވަރުގެ ސިއްހީ ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް ވެސް ވެއެވެ.

 

View this post on Instagram

 

A post shared by Kajol Devgan (@kajol)

އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލްގެ އިތުރުން ތަނޫޖާގެ ދެން ހުންނަނީ ބަތަލާ ތަނީޝާ މުކަރްޖީ އެވެ. ފިލްމީ އާއިލާއަކަށް އުފަން ތަޖޫނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ހާތީ މޭރޭ ސާތީ"، "އަނޫބަވް"، "މޭރޭ ޖީވަން ސާތީ"، "ޖުވެލް ތީފު" އަދި "ޕައިސާ ޔާ ޕިޔާރު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.