ޝްރެޔާސް އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެނީ

ޝްރެޔާސް އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެނީ

Author
ފާތިމަތު ނާވީ
19 ޑިސެމްބަރ 2023 01:59
0

ބޮލީވުޑްގެ އެކްޓަރު ޝްރެޔާސް ތަލްޕަޅޭ އަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން ގެންދާ ކަމަށް މިޑީއާ ރިޕޯޓްތަށް ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ޝްރެޔާސްއަށް ހާޓްއެޓޭކެއް ޖެހުނީ މުމްބާއީގައި އޭނާގެ ކުރިއަށް އޮތް ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"ގެ ޝޫޓެއް ނިންމާލި ފަހުންނެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމްގެ ޝޫޓިން މިދިއަ ހަފްތާގައި ވަނީ ފަށައިއެވެ. އާންމުކޮށް ސަޕޯޓިން ރޯލު ތަކުން ފެންނަ ޝްރެޔާސް ވެސް މި ފިލްމް އިން ފެނިގެންދާނެއެވެ.

ޝްރެޔާސް ގެ އަންހެނުން ވަނި އޭނާގެ ހާލާއި ބެހޭގޮތުން ވާހަކަ ދައްކައިފައިއެވެ. އެގޮތުން މިހާރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވަނީ ބުނެފައިއެވެ. އަދި ވަރަށް އަވަހަށް ހޮސްޕިޓަލް އިން ދޫކޮށްލާނެ ކަަމަށް ވެސް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Shreyas Talpade (@shreyastalpade27)

ޝްރެޔާސްއަކީ ބޮލީވުޑްގެ ކޮމެޑީ ފްރެންޗައިޒްތަކުން އާއްމުކޮށް ފެންނަ މޫނެކެވެ. ސަޕޯޓިންގ ރޯލުތަށް އާންމުކޮށް ކުޅޭ އެކްޓަރު ވަނީ ކާމިޔާބު ފިލްމް ތަކެއްގައި މަސައްކަތް ކޮށްފައިއެވެ. އެގޮތުން "ގޯލްމާލް" އަދި "ހައުސްފުލް" ފްރެންޗައިޒްގެ ފިލްމުތައް ފާހަގަ ކޮށްލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.