މަޖިލިހުގެ ތިން ވަނަ ދައުރު މި މަހުގެ 28 އާ ހަމައަށް ދަންމާލައިފި

މަޖިލިހުގެ ތިން ވަނަ ދައުރު މި މަހުގެ 28 އާ ހަމައަށް ދަންމާލައިފި

Author
ހުސެއިން
18 ޑިސެމްބަރ 2023 03:38
0

މި މަހުގެ 28 އާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މިދައުރު ދަންމާލަންމަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލިހުގެ ތިން ވަނަ ދައުރު ދަންމާލަން ހުށަހެޅުއްވީ މަޖިލިސް ރައީސްއެވެ. އަސްލަމް ވިދާޅުވި ގޮތުގައި މަޖިލިހުގެ ދައުރު ދަންމާލަން ނިންމި ސަބަބަކީ ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމިފައި ނުވާތީއެވެ.

ދައުރު ދިގުދަންމާލަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލިހުގެ ދައުރު ދަންމާލަން ނިންމި އިރު، ތިން ވަނަ ދައުރުގެ ޖަލްސާތައް ނިމި، މިއަދަކީ މަޖިލިސް ޗުއްޓީ އަށް ދާން އޮތް ދުވަހެވެ.

މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން ނަމަ، ޑިސެމްބަރު މަހުން ފެށިގެން މަޖިލިސްގެ ރިސެސް ފެށޭނެއެވެ. އެހެންނަމަވެސް، މަޖިލިހުގެ ދައުރު ދަންމާލަން އެންމެ ފުރަތަމަ ނިންމާފައި ވަނީ މިދިޔަ މަހުއެވެ. އެ ފަހަރު ނިންމީ މި މަހުގެ 7 އާ ހަމައަށް މިދައުރު ދަންމާލުމަށެވެ.

އެއަށްފަހު އަނެއްކާވެސް މިއަދުގެ ނިޔަލަށް މިދައުރު ދަންމާލުމަށް ފާސްކުރީ މިމަހުގެ ނިޔަލަށެވެ.

މަޖިލިހުގެ މި ދައުރު ދަންމާލަން މިއަދު ފާސްކޮށްފައިވާއިރު، މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ދިގު މުއްދަތެއްވަނީ މަސައްކަތް ނުކުރެވި ބޭކާރުވެގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭކާރު
މިހާރު މިފެންނަނީ އެމްޑީޕީގެ ނުކުޅެދުންތެރިސަރުކާރުއިތުރަށް ފަލީހަތްވާތަން މިހާރު މިއޮތީ ފަހުނފުރާ ބޮޑުރިޔާނަގައިގެން ބޮޑުރިޔަލަށް ވައިފަށްނުވެގެން އުޅޭތަން މިފެންނަނީ، ރައީސް އަޒުލުކުރަން އުޅޭއިރު އިހަށްވީ ތިމާމެން އަމިއްލައަށް އަޒުލުވާން ނޫންބާ! ތިމާމެން ކިތަންމެބޮޑުއަޢުލަބިއްޔަތެއް އޮތަސް މަޖުލީހުގާތިބުމުގެ އެއްވެސްހައިސިއްޔަތެއް ނެތްކަން ތިސާބިތުކޮށްދެނީ، ތިވަރުގެ ނާގާބިލުބަޔަކު، ރައިއްޔަތުންގެ ބޮޑުއަޢުލަބިއްޔަތަކުން ހޮވާފަހުރިވެރިއަކު އަޒުލުކުރަން އުޅުމަކީ މުޅިދުނިޔެވެސް ދެކޮޅުހަދާނެކަމެއް ލާނެއްދޭނެކަމެއް.