"އިންޑިއަން ޕޮލިސް ފޯސް" ގެ ޓީޒާ ދައްކާލައިފި

"އިންޑިއަން ޕޮލިސް ފޯސް" ގެ ޓީޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
19 ޑިސެމްބަރ 2023 07:40
0

ބޮލީވުޑްގެ ގިނަ ތަރިންތަކެއް ފެނިގެންދާ ވެބް ސީރިޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޓީޒާ ޓްރެއިލާ އެއް ދައްކައިލައިފިއެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކަކާއި އެކުގައި ގެނެސްދިނުމަށް ނިންމައިފައިވާ "އިންޑިއަން ޕޮލިސް ފޯސް" އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ރޯހިތް ޝެޓީ ގެނެސްދޭ އެއްޗެކެވެ.

މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ކޮޕް ޔުނިވާސް"ގެ ފުރަތަމަ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އަންނަ މަހުގެ 19 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއަކުރަން ހަމަޖެހިފައިވާ މި ސީރީޒަކީ ސިދާތުގެ ފުރަތަމަ ސީރީޒް ވެސް މެ އެވެ.

 

View this post on Instagram

 

A post shared by Sidharth Malhotra (@sidmalhotra)

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި މި ސީރީޒްއަކީ ގިނަ އަދަދެއްގެ ތަރިންނާއި އެކުގައި ރޯހިތު ގެނެސް ދޭ އެއްޗެކެވެ. މި ބެސް ސީރީޒް އަކީ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އާއި ޒުވާން އެކްޓަރު ސިދާތް މަލޯތްރާ އޯޓީޓީ ޕްލެޓްފޯމް އަށް ތައާރަފްވާ އެއްޗެކެވެ. އަދި އެދެމީހުންގެ ވެސް އަލަތު ވެބް ސީރީޒްއެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި އީޝާ ތަވްލާރް، ނިތިން ދީރް، ޝްވޭތާ ތިވާރީ، ޝަރަދު ކެލްކަރް، މުކޭޝް ރިޝީ އަދި ކަރަންވީރް މަލްއުތުރާ ހިމެނެ އެވެ. "އިންޑިއަން ޕޮލިސް ފޯސް" އަކީ 7 އެޕިސޯޑްގެ އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.