ރިޔާސީ ކެނޑިޑޭޓާ ދެކޮޅަށް ކެމްޕެއިންކުރި މީހުންނަށް ޕާޓީ ޓިކެޓެއް ނުލިބޭނެ: އެމްޑިޕީ

ރިޔާސީ ކެނޑިޑޭޓާ ދެކޮޅަށް ކެމްޕެއިންކުރި މީހުންނަށް ޕާޓީ ޓިކެޓެއް ނުލިބޭނެ: އެމްޑިޕީ

Author
ހުސެއިން
16 ޑިސެމްބަރ 2023 05:46
0

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ސާލިހުއާއި ދެކޮޅަށް ފާއިތުވި ރިޔާސީ އިންތިޚާބުގައި ކެމްޕޭންކުރި ފަރާތްތަކަށް ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓް ނުލިބޭނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އެކަން ހާމަކޮށްފައިވަނީ، އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދުއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އަޅުގަނޑު ބޭނުމެއް ނޫން އެފަދަ މީހަކަށް އެ ފުރުސަތު ލިބޭކަށް. އެއި އެމްޑީޕީގެ އަސާސީ ގަވާއިދުގަވެސްވާނެ އެފަދަ މީހަކަށް ފުރުސަތެއް ނުލިބޭނެ ކަމަށް، އެހެންވީމަ އިދިކޮޅަށް ކެމްޕެއިން ކުރި ބަޔަކަށް ޕާޓީ ޓިކެޓެއް ނުލިބޭނެ.

ވަހީދު ވިދާޅުވެފައި ވެއެވެ.

ވަހީދު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ޕަރައިމަރީއަށް ކުރިމަތިލާ މީހުންނަކީ ޕާޓީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ މީހެއްތޯ ބަލާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ އިތުރަށްވެސް، އެ ޕާޓީން ނެރުނު ރިޔާސީ ކެންޑިޑޭޓާއި އިދިކޮޅަށް ކެމްޕެއިންކޮށްފައިވާ މީހެއް ކަމަށް ފަހުން ފާހަގަވިޔަސް އެމީހަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރުމުގެ ފުރުސަތު ނޯންނާނެކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށައަޅަން އެޕާޓިން ހުޅުވާލީ މިއަދުއެވެ.

އެމްޑީޕީން ބުނީ، އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުން ޝައުގުވެރިކަންފާޅު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ޕްރައިމަރީ ބާއްވާނީ، 26 އަދި 27 ޖެނުއަރީވާ ހުކުރު އަދި ހޮނިހިރު ދުވަހުކަމަށް އެ ޕާޓީން ބުންޏެވެ.

ޕްރައިމަރީގައި ވެސް މަޖިލިސް އިންތިޚާބުގައި ވެސް ވާދަ ކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާ މެމްބަރުންނަށް އެކަނިކަމަށްވެސް އެމޑީޕީން ބުންޏެވެ.

ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުޠުތައް:

  • 1. އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން
  • 2. ޤާނޫނުއަސާސީ އާއި މަޖިލިސް އިންތިހާބުގެ ގާނޫނުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ހަމަވުން
މިހާރު ހިންގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ތާރިޚުގައި އެންމެ ބޮޑު އަޣްލަބިއްޔަތެއް ލިބުނު މަޖިލީހެވެ. އެޕާޓުގެ މެންބަރުންގެ ޢަދަދު މިހާރުވެސް 50އިން މައްޗަށް އަރައެވެ.
އަންނަ އަހަރު ކުރީކޮޅު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން އިންތިޚާބުކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.