ބޮބީ އަށް ތަމަޅަ ފިލްމްއެއް

ބޮބީ އަށް ތަމަޅަ ފިލްމްއެއް

Author
ފާތިމަތު ނާވީ
16 ޑިސެމްބަރ 2023 05:59
0

މިހާރު ސިނަމާގައި ދައްކަމުން އަންނަ ކާމިޔާބު ފިލްމް "އެނިމަލް" ގައި މުހިންމު ރޯލެއް ކުޅުނު ކުރީގެ ތަރި ބޮބީ ޑިއޯލް ތަމަޅަ ފިލްމަކަށް ވެސް ސޮއިކޮށްފި އެވެ.

މިކަން ވަނީ ބޮބީ ކަށަވަރު ވެސް ކޮށްދީފައިއެވެ. މިކައިމާިއ ގުޅޭ ގޮތުން އޭނާ ބުނީ މަޝްހޫރު ތަމަޅަ އެކްޓަރު ސޫރިއާ ލީޑް ބަތަލުގެ ރޯލު ކުޅޭ ޕީރިއަޑް އެކްޝަން ފިލްމު "ކަންގްވާ" އަށް ސޮއިކޮށްފައިވާ ކަމަށެވެ. ޑައިރެކްތަރު ސިވާގެ އެފިލްމް ގައި އޭނާ ކުޅެނީ  ޗިއްނާ ކިޔާ ކެރެކްޓާއެކެވެ.

މިވާހަކަތަށް މީޑިއާ އާއި ހިއްސާ ކުރަމުން ބޮބީ ބުނީ މި ފިލްމް ވަރަށް އުދަގޫ ވާނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ އޭނާ އަށް ތަމަޅަ ބަސް ނޭނގޭތީއެވެ. ނަމަވެސް ފިލްމް އަށް ވަރަށް ބޮޑަށް ރެޑި ވާނެ ކަމަށް އޭނާވަނީ ބުނެފައިއެވެ. އަދި ތަމަޅަ ދަސްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Bobby Deol (@iambobbydeol)

މި ފިލްމް އަކީ ވަރަށް ގްރޭންޑް ކޮށް ބޮޑޫ ބަޖެޓަކުން ހަދާ ފިލްްމް އެކެވެ. ފިލްމްގެ ކާސްޓުގައި ޑިޝާ ޕަޓާނީ، ޖިއްޝޫ ސެންގުޕްތާ، ނަތުރަންޖް ސުމަބްރަމާނިއަމް އަދި ޔޯގީ ބާބޫ ފަދަ ތަރިން ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.