އުރްވާ ބަނޑުބޮޑު

އުރްވާ ބަނޑުބޮޑު

Author
ފާތިމަތު ނާވީ
13 ޑިސެމްބަރ 2023 04:36
0

ޕާކިސްތާން ގެ މަޝްހޫރު ބަތަލާ އުރްވާ ހޮސެން ބަނޑުބޮޑުކަން އިއުލާން ކޮށްފިއެވެ.

2016 ވަނަ އަހަރު އެކްޓަރު ފަރްހާން ސައީދު އާއި ކައިވެނި ކުރި ދެތަރިންގެ މީ ފުރަތަމަ ދަރިފުޅެވެ. އެމީހުން ބަނޑުބޮޑުކަން އިއުލާން ކޮށްފައިވަނީ އެދެމީހުން ވަރިވާ އުޅޭ ކަމަށާއި މިހާރު ދެމީހުން އުޅެމުން އަންނަނީ ވަކިން ކަމަށް މީޑީއާއިން ރިޕޯޓް ކޮށްފައިވާ ދަނޑިވަޅެއްގައިއެވެ.

 

View this post on Instagram

 

A post shared by URWA TUL WUSQUA HOCANE (@urwatistic)

32 އަހަރުގެ އުރްވާ އަކީ ޕާކިސްތާންގެ މަޝްހޫރު ބަތަލާ އެކެވެ. އޭނާ ވަނީ ކާމިޔާބު އެތަށް ޑްރާމާ ތަކެއް ކުޅެ ބެލުންތެރިންގެ ލޯބި ހޯދައިފައިއެވެ. އޭނާގެ ކާމިޔާބު ޑްރާމާ ތަކުގެ ތެރޭގައި "އުދާރީ" "ބަދްޒާދް" "އަމާނަތު" ފާހަގަ ކޮށްލެވެއެވެ. އޭނާ ވަނީ ބައެއް ފިލްމް ތކުން ވެސް ފެނިގެން ގޮސްފައިއެވެ.

އަނެއްކޮޅުން ފަރްހާން އަކީ ވެސް ކާމިޔާބު ޑްރާމާ ތަކެއް ކުލެފައިވާ މަޝްހޫރު އެކްޓަރެކެވެ. "ސުނޯ ޗަންދަން" އާއި "މެރޭ ހަމްސަފަރް" "ބާދްޝާހް ބޭގަމް" ފަދަ ޑްރާމާތަށް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޕ ޕާކީޒާ!
ފަރްޙާން ސަޢީދުގެ މިހާތަނަށް އެންމެ ރީތި ޑްރާމާއަކަށް ބެލުނީ "މެރީ ހަމް ސަފަރް" ހާދަ ރީތި ހާދަ އަސަރުގަދަ ޑްރާމާ އެކޭ އެ!