މުކްތީ ކައިވެނި ކޮށްފި

މުކްތީ ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
13 ޑިސެމްބަރ 2023 10:34
0

ބޮލީވުޑްގެ ނެށުން ތެރިއާ އަދި ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައިވާ މުކްތީ މޯހަން ކައިވެނި ކޮށްފިއެވެ.

އޭނާ ކައިވެނި ކުރީ އެކްޓަރު ކުނާލް ޓާކުރް އާއިއެވެ. ކުނާލް ވަނީ މިފަހުން ރިލީޒް ކުރި ކާމިޔާބު ފިލްމް "އެނިމަލް" ގައި ރަންބީރު ކަޕޫރު އާއި އެކުގައި މަސައްކަތް ކޮށްފައިއެވެ.

މި ކައިވެންޏާއި ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާން ކަން ލިބިފައިއެވެ. އެއީ އެމީހުން ގެ ލޯބީގެ ވާހަކަ މީޑިއާއަށް މިހާތަނަށް ތިލަވެފައި ނުވުމާއި ކުއްލި ކައިވެންޏެއް ކުރެވުމެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

މުކްތީ ބޮޑަށް ފާހަގަ ކުރެވިގެން ގޮސްފައިވަނީ ޑާންސަރެއްގެ ގޮތުގައިއެވެ. އޭނާ ވަނީ ބައެއް ރިއަލިޓީ ޝޯވ ތަކުން ޖަޖުކަން ކުރާ މުކްތީ ވަނީ ބައެއް ރިއަލިޓީ ޝޯވ ތަކުންވެސް ފެނިގެން ގޮސްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.