"ކޯ ގަޔޭ ހަމް ކަހާ" ގެ ޓްރެއިލާ ދައްކާލައިފި

"ކޯ ގަޔޭ ހަމް ކަހާ" ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
15 ޑިސެމްބަރ 2023 08:33
0

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމުގައިވާ އަނަންނިޔާ ޕާންޑޭ އާއި ސިދާންތު ޗަކްރަވެދީގެ ފިލްމް ފިލްމު "ކޯ ގަޔޭ ހަމް ކަހާ"  ގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ކޯ ގަޔޭ ހަމް ކަހާ" އަކީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ އިން ގެނެސްދިން "ގެހަރާއިޔާ" އަށް ފަހު އަނަންޔާ އާއި ސިދާންތު އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ.

މިއީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، އަރުޖުން ވަރައިން ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ކޯ ގަޔޭ ހަމް ކަހާ" ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ގައި ނެޓްފްލިކްސްއިންނެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ތިން އެކުވެރިއެއްގެ ވާހަކަ ކިޔައިދޭ "ކޯ ގަޔޭ ހަމް ކަހާ" ގެ ޑައިރެކްޓަރަކީ އަރުޖުން ވަރައިިން ސިންގް އެވެ. އަނަންނިޔާ އާއި ސިދާންތު އިތުރުން މި ފިލްމުގެ ކާސްޓްގައި ޕްރިޔަންކާ ޗޯޕްޅާގެ "ދަ ވައިޓް ޓައިގާ" އިން ސަމާލުކަން ހޯދި ގޯރަވް އަދާޝް ވެސް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.