މޭގްނާ ގެ ފިލްމް އެއް ސިދާތް އަށް

މޭގްނާ ގެ ފިލްމް އެއް ސިދާތް އަށް

Author
ފާތިމަތު ނާވީ
13 ޑިސެމްބަރ 2023 06:07
0

"ސޭމް ބަހާދޫރު" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރު ގެ ކުރިއަށް އޮތް ފިލްމް އެކްޓަރު ސިދާތު މަލްއުތުރާ އައް ލިބިފައިވާ ކަމަށް ހަބަރުތަށް ބުނެފިއެވެ.

މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ދެ މީހުން ބައްދަލުކޮށް، މަޝްވަރާކޮށް، ފިލްމުގެ ވާހަކަ ބިނާކުރާނެ ޕްލޮޓް ވެސް މިހާރު ފައިނަލްކޮށްގައިވާ ކަމަށެވެ.

އަދި ފިލްމްގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައިއެވެ. ނަމަވެސް ފިލްމް ބެލުންތެރިންނަށް ގެނެސްދޭ އިރެއް އަދި ހާމާއެއް ނުކުރެއެވެ. އޭގެ އިތުރުން ފިލްމް އާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ވެސް ރަސްމީ ގޮތެއްގައި އާންމެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Meghna Gulzar (@meghnagulzar)

މެގްނާ އަކީ ހަގީގީ ހާދިސާތަކަށް ފިލްމު ހަދަމުން އަންނަ ޑައިރެކްޓަރަކަށްވާތީ، އޭނަގެ ފަސް ވަނަ ޑައިރެކްޝަނަކީ ވެސް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާނެ އެއްޗެއް ކަމަށް ރިޕޯޓްތަށް ބުނެއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.