"ރޮކީ އޯރް ރާނީ" ޓީވީ އަށް

"ރޮކީ އޯރް ރާނީ" ޓީވީ އަށް

މި އަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ތެރޭގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ޓީވީން ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ޓީވީން މިމަހުގެ ޓިވީން ދައްކާނެއެވެ. މި އަހަރުގެ ޖުލައި 28 ގައި ސިނަމާތަކުގައި ރިލީޒްކުރި ފިލްމު މި މަހުގެ 24 ގައި ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ކަލާސް ސިނެޕްލެކްސްއިންނެވެ.

ލީޑުން އާލިއާ ބަޓް އާއި ރަންވީރު ސިންގް ފެނިގެންދާ މި ފިލްމް އަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ހަދައިފައިވާ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިއަ ފިލްމްއެކެވެ. މި ފިލްމު ޓީވީ އަށް ދޫކޮށްލާ އިރު، ސެޕްޓެމްބަރު މަހު ވަނީ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ވެސް ދޫކޮށްފަ އެެވެ.

 

View this post on Instagram

 

A post shared by Medianet (@medianetmv)

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމްގެ މުހިންމު ރޯލުތަކުން ދަރުމެންދުރަ އާއި ޖާޔާ ބައްޗަން އާއި ޝަބާނާ އަޒްމީ ވެސް ފެނިގެންދެއެވެ. މީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދައިފައިވާ ފިލްމްއެކެވެ.

ޖުމްލަ 160 ކްރޯޑް ރުޕީސް (19.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ބޮކްސް އޮފީހުގައި 347.02 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. މި ފިލްމަކީ މި އަހަރު ރިލީޒްކުރި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *