"ޓޮކްސިކް" ގެނެސްދޭނީ 2025 ގައި

"ޓޮކްސިކް" ގެނެސްދޭނީ 2025 ގައި

Author
ފާތިމަތު ނާވީ
11 ޑިސެމްބަރ 2023 08:16
0

މަޝްހޫރު އެކްޓަރުގެ ޔަޝްގެ ކުރިއަށް އޮތް ފިލްމް ބެލުންތެރިންނަށް ގެނެސްދޭ ދުވަސް އިއުލާން ކޮށްފިއެވެ.

"ކޭޖީއެފް" އިން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި  އިންޑިއާގެ ކަންނާޑާ އެކްޓަރު ގެ ކުރިއަށް އޮތް ފިލްމް ގެެނެސްދިނުމަށް ތާވަލު ކޮށްފައިވަނީ އެޕްރީލް 10، 2025 ގަ އެވެ.

ކޭވީއެން ޕްރޮޑަކްޝަނުން ގެނެސްދޭ މި ފިލްމަކީ ކާމިޔާބު އެކްޓަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އެއްޗެކެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ޓޮކްސިކް" ގެ ޑައިރެކްޓަރަކީ ގީތޫ މޯހަންދާސް އެވެ. މީގެ ޓެގް ލައިނަކީ "އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އެވެ.

ފިލްމު ރަސްމީކޮށް އިއުލާންކުރި ނަމަވެސް މިއާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދިއެއް ނެތެވެ. މީގެ ކާސްޓާއި ބެހޭގޮތުންވެސް މައުލޫމާތެއް އަދި ހިއްސާ ކޮށްފައިއެއް ނުވެއެވެ.

ޔާޝްގެ ވިދުން ގަދަކޮށްދިން "ކޭޖީއެފް: ޗެޕްޓާ 1″ 2018 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި ގެނެސްދިނީ މިދިޔަ އަހަރު އެވެ. މި ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ދެ ފިލްމެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.