ކަންބޮޑުވުމާއި ނުތަނަވަސްކަމާއި މާޔޫސްކަމުން ސަލާމަތްވާނީ އިސްލާމީ އަގީދާގައި ހިފަހައްޓައިގެން: ޚުޡުބާ

ކަންބޮޑުވުމާއި ނުތަނަވަސްކަމާއި މާޔޫސްކަމުން ސަލާމަތްވާނީ އިސްލާމީ އަގީދާގައި ހިފަހައްޓައިގެން: ޚުޡުބާ

Author
ހުސެއިން
08 ޑިސެމްބަރ 2023 01:31
0

އިންސާނާއަށް މެދުވެރިވާ ކަންބޮޑުވުންތަކާއި، ނުތަނަވަސްކަމާއި، މާޔޫސްވުންފަދަ ކަންކަތައްތަކުން  އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަގަޅު އަގީދާ ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"އިންސާނާގެ ޙަޔާތުގައި ސައްހަ އަގީދާގެ މުހިންމުކަން" މިމައުޟޫއަށް ޚާއްސަ ކުރެވުގެންދިޔަ މިއަދުގެ ޚުޡުބާގައި ވިދާޅުވީ ހެޔޮމިންވަރާއި ނުބައި މިންވަރަށް ފުރިހަމަޔަށް އީމާން ނުވާމީހުން އަބަދުވެސް ބަލާނީ އެމީހުންގެ އަމިއްލަ މަސްލަހަތަށް ކަމުގައެވެ. އަދި އެގޮތަށް އަމަލު ކުރުމަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ކަމެއްކަމުގައި ވީނަމަވެސް އެއްވެސް ފަރުވާލެއް އެބައި މީހުން ނުބަހައްޓާނޭކަމަށްވެސް ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

އަދި ބައެއް މީހުން އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުންދީ، ނުރައްކަލުގެ ތެރެއަށް ފުރާނަ ހުށަހެޅޭ ކަންކަމަށް އަރައިގަންނަމުން ދަނީވެސް މިންވަަރަށް އީމާން ނުވެވޭތީއެވެ. އެހެންކަމުން އަހަރެމެންގެ ދަރިންނަށް އިސްލާމީ އަޤީދާ ކިޔަވާ ދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތެވެ.

މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި މި މަސްއޫލިއްޔަތު އަދާކުރުމުގައި ބެލެނެވެރިންނާއި ތައުލީމީ މުވައްސަސާތަކުން ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ. މުޖުތަމަޢަށާއި ގައުމަށް ފައިދާ ކުރަނިވި އަދި ދެދުނިޔޭގެ ބާއްޖަވެރިކަމުގައި ދަރިންވާނީ އޭރުންކަމުގައިވެސް ޚުޡުބާގައި ބަޔާން ކޮށްފައި ވެއެވެ. އަދި އެދަރިންގެ ކިބައިން މައިންބަފައިންގެ ހިތްތަކަށް ފިނިކަން ލިބޭނީވެސް އެއިރުން ކަމުގައިވެސް ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.