ހުޅުމާލެ ސާފުކުރުމަށް ހާއްސަ މަސައްކަތްތަކެއް އާބަންކޯއިން ފަށައިފި

ހުޅުމާލެ ސާފުކުރުމަށް ހާއްސަ މަސައްކަތްތަކެއް އާބަންކޯއިން ފަށައިފި

Author
ހުސެއިން
07 ޑިސެމްބަރ 2023 08:52
0

އަރބަންކޯގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން ހުޅުމާލެ ގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފިކަމަށް އެ ކުންފުނިން ބުނެފިއެވެ. މިގޮތުން 30 ނޮވެމްބަރ އިން ފެށިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މަސައްކަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކުރެވިފައި ވާއިރު، ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހިޔާ ސަރަހައްދުން މުޅި ޖުމްލަ 60 ޓަނުގެ ކުނި ވަނީ އެއްކުރެވިފައިވާކަމަށްވެސް ބުނެފައި ވެއެވެ.

އާބަންކޯއިން ބުނެފައިވަނީ، ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ މަސައްކަތް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައި ވާކަމުގައެވެ. އެގޮތުން މަދިރި މަދުކުރުމަށް ދާދި ފަހުން ކުރިއަށް ގެންދިޔަ 'ޑެންގީ އިޖާބަ' ކެންޕެއިން ގައި ވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، މަދިރި އާލާވުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް އާރބަންކޯއިން ބުނެފައި ވެއެވެ.

އަރބަންކޯއިން ބުނެފައިވަނީ އެ ކޯޕަރޭޝަންގެ އަމާޒަކި ހުޅުމާލެއަކީ ސާފްތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުން ކަމުގައެވެ. އެގޮތުން މި އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުންވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަކީ މި ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.