އަރބަންކޯގެ ސީ.އެސް.އާރްގެ ދަށުން ރެހެންދީ ސްކޫލްގެ އެދުމުގެ މަތިން އެ ސްކޫލްގެ ބޭރުގައި ބެލެނިވެރިން އާންމުކޮށް މަޑޮކޮށްގެން ތިބޭ ސަރަހައްދު ހިޔާކުރަމުގެ މަސައްކަތް ކުރަމުންދާކަމަށް އާބަންކޯއިން ބުނެފިއެވެ.
އެ ކޯޕަރޭޝަންއިން ބުނެފައިވަނީ، މިގޮތުން ޤާއިމު ކުރެވޭ ކެނޮޕީގެ ބޭނުމަކީ ދަރިވަރުން ގެންގޮސް އަދި ބަލައިދާ ބެލެނިވެރިންނަށް މޫސުން ގޯސްވާ ދުވަސްތަކުގައި ހޫނު ގަދަ ދުވަސްވަރު ހިޔަލުގައި މަޑުކޮށްލެވޭނެ ގޮތެއް ފަހިކޮށްދިނުން ކަމުގައެވެ.
އާބަންކޯއިން ބުނެފައިވަނީ އެ ކޯޕަރޭޝަނުން ދެމުންގެންދާ ހިދުމަތްތަކުގެ އިތުރުން، ހުޅުމާލޭގައި ޤާއިމު ކުރެވިފައިވާ، ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ ވިޔަފާރިތަކަށް ވެސް ހުރި އުނދަގޫތައް ބަލާ، ހައްލު ހޯދައިދިނުމުގެ މަސައްކަތް މެ ކޯޕަރޭޝަނުން އަބަދުވެސް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ