ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ހަފުތާއެއްގެ ތެރޭގައި 60 ޓަނުގެ ކުނި ނަގައިފިއެވެ.
އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން ހުޅުމާލޭގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތުން ހުޅުމާލެ ފުރަތަމަ ފިޔަވަހިންނާއި ދެވަނަ ފިޔަވަހިން 60 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އާބަންކޯ އިން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ ގޮތުން އެކި ކެމްޕެއިންތައް ވެސް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
"އާބަންކޯގެ އަމާޒަކި ހުޅުމާލެއަކީ ސާފްތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމެވެ. އެހެންކަމުން މި އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުން ވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަކީ މި ކޯޕަރޭޝަނުގެ އެދުމެކެވެ،" އާބަންކޯގެ ބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ