މަޖިލިހުގެ ތިން ވަނަ ދައުރު މި މަހުގެ 18 އަށް ދަންމާލައިފި

މަޖިލިހުގެ ތިން ވަނަ ދައުރު މި މަހުގެ 18 އަށް ދަންމާލައިފި

Author
އަހުމަދު
06 ޑިސެމްބަރ 2023 02:13
0

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 18ގެ ނިޔަލަށް ދަންމާލުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގައި ނެގި ވޯޓުގައި، ދައުރު ދިގު ދަންމާލަން ފާސްވީ 43 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް މި ދައުރު ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ. ދައުރު ދަންމާލަން ނިންމީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުން ހިމެނޭ ގޮތަށް މުހިންމު މަސައްކަތްތަކެއް އަދިވެސް ކުރަން ހުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިހުގެ ދައުރު ދަންމާލަން ނިންމި އިރު، ތިން ވަނަ ދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީ އަށް ދާން އޮތީ މާދަމާ އިން ފެށިގެންނެވެ. އެގޮތަށް ނިންމާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ.

މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން ނަމަ، ޑިސެމްބަރު މަހުން ފެށިގެން މަޖިލިސް އޮންނާނީ ޗުއްޓީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.