ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ޢިމާރާތްކޮށްފައިވާ "ހިޔާ" ފްލެޓްތަކުގައި ލަނީ ރީނދޫ ކުލަ ނޫންކަމަށާއި، އެއީ އޮރެންޖު ކުލަކަމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ 7000 ޔުނިޓުގެ ފްލެޓްތަކުގެ ކުލަބަދަކުރަން ފާށަފައިވާތީ އަމާޒުވެފައިވާ ފާޑުކިއުންތަކާއި ގުޅިގެންނެވެ.
އެޗްޑީސީން ބުނީ ފްލެޓްތަކުގެ ބޭރުގައި ލަމުންދަނީ އޮރެންޖު ކުލަކަމަށާއި، އެއީ ކުލަ ފޭދޭތީ ކުރިއަށްގެންދާ ކަމެއްކަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުވެސް ކުލަ ލާފައިވާނެކަމަށާއި، އެއީ ދައުލަތުން ޚަރަދުކޮށްގެން ކުރާ ކަމެއް ނޫންކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ. ހިޔާ ފްލެޓްތަކުގެ ކޮންޓެކްޓަރުގެ މުއްދަތު ހަމަނުވާކަމަށާއި، ކުލަ ލުން ކުރިއަށްދަނީ ކޮންޓެކްޓަރުގެ ފަރާތުންކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
However, due to colour fading issues of these blocks, the contractor was instructed to repaint the blocks identified with the colour fading issue during their building rectification process.
(2 of 3)— HDC (@hdcmaldives) December 12, 2020
ހިޔާ ފްލެޓްގެ ކުލަ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ކުލަ އަށް ބަދަލު ކުރަމުންދާކަމަށް ބުނެ ކުލަބަދަލު ކުރަމުންދާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިޔާގައި ދަނީ ދައުރު ކުރަމުންނެވެ. އަދި ގިނަ ބައެއްގެ ފާޑުކިޔުންވަނީ މިކަމަށް އަމާޒުވެފައެވެ. ފްލެޓްތަކުގެ ކުލަ ބަދަލު ކުރަމުންދާތީ އެކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ކުލަ ބަދަލު ކުރިޔަސް އިމާރާތަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި އިމަރާތް އަޅާފައިވަނީ މިސަރުކާރުން ކަމަށްވެސް ހެދޭނެ ގޮތެއް ނޯންނާނެކަމަށެވެ.
މިސަރުކާރުގެ ބިޔަ ބޮޑު މަޝްރޫޢުއެއް ފުރިހަމަކުރައްވައިފިކަމަށާއި، އެއީ ކުރީ ސަރުކާރުން ޢިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ކުލަ ބަދަލުކުރުންކަމަށް ވިދާޅުވެ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
As the contractor liability period is not over yet, these rectifications were borne by the contractor, without any additional costs incurred by the government
(3 of 3)— HDC (@hdcmaldives) December 12, 2020
ހިޔާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރަން ފަށާފައިވަނީ 7000 ޔުނިޓުގެ ޓަވަރުތަކެކެވެ. އެ ހިޔާ ފްލެޓްތަކުގައި ހިމެނޭ 2500 ފްލެޓަކީ ކުރީ ސަރުކާރުގެ މޝްރޫޢުއެއް ނޫންކަމަށް ޠާހާ ވިދާލުވެފައިވާއިރު، 2500 ޔުނިޓުގެ މަސައްކަތް ކުރީ ސަރުކާރުންވަނީ ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށް އެމަސައްކަތުގެ އީ.އައި.އޭ ރިޕޯޓުވެސް ނިންމާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ޝާއިރުކޮށްފައެވެ.
އެހެންނަމަވެސް މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2500ޔުނިޓްގެ ޑިޒައިނާއި ސްކޯޕަށް 2019ވަނަ އަހަރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ހައުސިންގ މިނިސްޓްރީން ކުރިން ބުނެފައިވަނީ ދެކޮޓަރީގެ އެޕާޓްމަންޓްތަށް ތިންކޮޓަރިއަށް ބަދަލުކުރުމުން 2500 ޔުނިޓް 1700 ޔުނިޓަށް މަދުވެފައިވާކަމަށެވެ.
ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ފައިނަލް ލިސްޓް މިމަހުގެ ނިޔަަލަށް ޢާންމުކުރާނެކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީންވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ